ސައުދީ އަރަބިއްޔާ
ސައުދީ އަރަބިއްޔާ
ދުވަސްތަކަކަށް ފަހު ސައުދީ އަރަބިއްޔާއިން އިންޓަރނޭޝަނަލް ދަތުރުތައް ކުރުމަށް ނިންމާ ބޯޑަރުތައް އަލުން ހުޅުވާލައިފިއެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ކޯވިޑް-19ގެ އާ ވޭރިއަންޓް ސައުދީ އިންވެސް ފެނުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. ދުވަސްތަކަކަށް ފަހު ސައުދީގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން ނިންމަވާފައިވާކަން ސައުދީ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ.

ބޯޑަރު ހުޅުވާލުމާއެކު ސައުދީ އިން ވަނީ އެގައުމުން ބޭރަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށާފައެވެ.

މީގެ އިތުރުން ސައުދީގައި ކޯވިޑް ކޮންޓްރޯލު ކުރުމުގެ ގޮތުން ވެކްސިން ދޭން ފަށާފައިވެއެވެ. އަދި ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ނިންމާފައިވާ ހުރިހާ ފަރާތްތަކަށް މިހަފްތާ ތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ސައުދީގައި ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހު 17 ވަނަ ދުވަހުއެވެ. ސައުދީގައި ވެކްސިން ދިނުމަށް ހުއްދަދެވިފައިވަނީ

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯންޓެކް، ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނެވެެ.

އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ކޯވިޑް-19ގެ އާ ވޭރިއަންޓް މިހާރު އެކި ގައުމުތަކުން ފެނިފައިވީނަމަވެސް މިއީ ނުރައްކާތެރި ވައްތަރެއްގެ ގޮތުގައި ފާހަގަކުރެވިފައިނުވާކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން