އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ހުއްދަ ދެވިފައިވާ ވެކްސިން ތަކުގެ ތެރޭގައި އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިނަކަށް ހުއްދަ ދެވުމުން ވެކްސިނުގެ ރައްކާތެރި ކަމާ ބެހޭގޮތުން ގިނަބަޔަކު އެތަކެއް ސުވާލެއް އުފައްދައިފިއެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ހުއްދަ ދެވިފައިވަނީ އެސްޓަރަރޒެނެކާގެ ވެކްސިން އަދި އިންޑިޔާގެ ބަހާރަތު ބައޯޓެކް ކުންފުނީގެ ކޯވެކްސިން ނަމަކަށް ކިޔުނު ވެކްސިނަކަށެވެ. ނަމަވެސް އިންޑިޔާ ކުންފުނީގެ ވެކްސިނުގެ ރައްކާތެރި ކަން އަންގައިދޭ އެއްވެސް މައުލޫމާތެއް އާންމު ކުރެވިފައި ނުވުމުން، ވެކްސިނާ ބެހޭގޮތުން ގިނަބަޔަކު އެތަކެއް ސުވާލެއް އުފައްދައިފިއެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ކޯވެކްސިން، އެމެރިކާ އަދި ބްރެޒިލް އަށް ފޯރުކޮށްދިނުމަށް އެއްބަސްވުންތަކެއް ހެދިފައިވާކަމަށް ބަހާރަތު ބައޯޓެކް ކުންފުނިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 10 ގައުމަކަށް މިވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށްވެސްވެއެވެ.

ނަމަވެސް މިވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުން ވެކްސިން އުފެއްދި ކުންފުނި ބަހާރަތު ބައޯޓެކް އަދި އިންޑިޔާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑްސް ކޮންޓްރޯލް އޯގަނައިޒޭޝަން އަކުން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ބައެއް އެކްޓިވިސްޓުން ވަނީ މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން މި ވެކްސިނާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް އިންޑިޔާގެ ސަރުކާރަށް އެދިފައެވެ.

އިންޑިޔާއިން އުފައްދާފައިވާ ވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުން މައުލޫމާތެއް ލިބިފައިނުވާއިރު، ޗައިނާއިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުންވެސް މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން