ޗައިނީޒް ބިލިއަނަރ އަދި އޮންލައިން ވިޔަފާރި ހަބް، އަލިބާބާގެ ފައުންޑަރ ޖެކް މާ ގެއްލިގެން ހޯދާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
މިގޮތުން ޗައިނާގެ ސްޓޭޓް ފައިނޭންޝިއަލް ސިސްޓަމާ ބެހޭގޮތުން ފާޑު ކީފަހުން އާންމުކޮށްވެސް ޖެކް މާ ފެނިފައިނުވާ ކަމަށްވެއެވެ. ޖެކް މާ ނުފެންނަތާ ގިނަ ހަފްތާތަކެއް ވުމާއެކު ދުނިޔޭގެ އެކި ނޫސްތަކުގައި ޖެކް މާ ގެއްލިއްޖެކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
ޖެކް މާ އެންމެ ފަހުން ޓްވީޓެއް ކޮށްފައިވަނީވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު 10 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ޖެކް މާ ފައުންޑޭޝަން އިން ކުރިއަށް ގެންދާ ޓެލެންޓް ޝޯ، އެފްރިކާސް ބިޒްނަޒް ހީރޯސް ގެ ފައިނަލް އެޕިސޯޑުގެ ޖަޖަކަށް ޖެކް މާ ހަމަޖެހިފައިވީއިރު ޖެކް މާގެ ބަދަލުގައި ޝޯވްގެ ޖަޖަކަށް އެރީ އަލީ ބާބާގެ ކޯ ފައުންޑާ ލުސީ ޕެންގް އެވެ. އަދި މި ޓެލެންޓް ޝޯވް ގެ ޖަޖުންގެ ލިސްޓުންވެސް ޖެކް މާގެ ފޮޓޯ ވަނީ ނަގާފައެވެ.
މިދިޔަ އަހަރު އޮކްޓޯބަރުމަހު 24 ވަނަ ދުވަހު އޮތް ސަމިޓެއްގައި ވާހަކަ ދައްކަމުން، ޖެކް މާ ވަނީ ޗައިނާގެ ސްޓޭޓް ފައިނޭންޝިއަލް ސިސްޓަމަށް ފާޑުކިޔައި ރީފޯމް ކުރުމަށް ގޮވާލާފައެވެ.
ހިނގަމުން ދާ ކޮވިޑުގެ ބަލިމަޑުކަމުގައިވެސް ރައްކާތެރިވުމުގެ ގޮތުން ޖެކް މާ ވަނީ އެތައް މިލަން ފޭސް މާސްކެއް ދުނިޔޭގެ އެކި ގައުމުތަކަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ޖެކް މާ ވަނީ 2000 ވެންޓިލޭޓަރު އެމެރިކާގެ ނިއުޔޯކް ސިޓީ އަށް ވެސް ހަދިޔާ ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު