އޮޅުވެލި ރިސޯޓް
އޮޅުވެލި ރިސޯޓް
އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ރިސޯޓްގެ ގެސްޓް ރޫމެއްގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 12:25 ގައި ކަމަށެވެ. އަލިފާނުގެ ހާދިސާގެ އިތުރު ތަފްސީލް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ކޮޓަރީގައި ރޯވި އަލިފާން އެ ރިސޯޓުގެ ސްޓާފުންގެ މަސައްކަތުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.



ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކުގައި ހިނގާ އަލިފާނުގެ ޙާދިސާތައް ވަނީ އިތުރުވެފައެވެ. އެގޮތުން ތާޖް އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައިވެސް ދާދިފަހުން ވަނީ ރޯވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން