ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ އެންމެ ބިރުވެރި ހާލަތާ އަދި ބައްދަލު ނުވާކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް ވިދާޅުވެއްޖެއެވެ.

އެސޯސިއޭޓެޑް ޕްރެސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ ވައިރަހުގެ އެންމެ ބިރުބޮޑު ހާލަތާއި އަދި ބައްދަލުނުވާކަމަށާއި، ބަލި މިއަށްވުރެ ބޮޑަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޓެޑްރޯސް ވަނީ ފުރަބަންދުތައް އުވާލައި ހުޅުވާލަމުންދާ ގައުމުތަކަށް ނިސްބަތްކުރައްވާ ފުރަބަންދުތައް އުވާލާ، ވައިރަހާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަކީ ވައިރސް ފިލައިގެން ދިޔަކަމުގެ ހެއްކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ވައިރަހުން ދުނިޔެ ސަލާމަތްކުރުމުގެ ބާރުއޮތީ އެންމެންގެ އަތްމަތީގައިކަން ފާހަގަކުރައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކަށް މިބަލީގެ ބިރުވެރިކަން ފަހުމް ނުވާކަމަށެވެ. ޑރ. ޓެޑްރޯސް މިހެން ވިދާޅުވެފައި މިވަނީ ޔޫރަޕުގެ ގިނަ ގައުމުތަކަކުން، ވައިރަހާއި ދެކޮޅަށް އަޅާފައިހުރި ބަންދުކުރުމުގެ ފިޔަވަޅުތަކަށް ލުއިދެމުންދާ ވަގުތެއްގައެވެ.

ދުނިޔޭގައި 2.5 މިލިއަނާއި ގާތްކުރާ އަދަދެއްގެ މީހުންނަށް ބަލިޖެހި، 166,000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވަނީ ކީއްވެގެންކަން ޓެޑްރޯސް ސީދާ ވިދާޅުވެފައި ނުވިނަމަވެސް މި ހާލަތު މިއަށްވުރެ ގޯސްވެދާނެކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާފައިވެއެވެ. ގިނަ މީހުން އަންދާޒާކުރާ ގޮތުގައި މިއަދަދުތަކަށް އެންމެ ބޮޑު ބަދަލުތަކެއް އަންނާނީ، ސިއްހީ ހިދުމަތްތައް ކުރިއަރާފައިނުވާ އެފްރިކާ ބައްރުގެ ގައުމުތަކުގައި މިބަލި ހަލުއިކަމާއެކު ފެތުރޭން ފެށުމުންނެވެ.

ޑރ. ޓެޑްރޯސްގެ ވާހަކައިގައި 100 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން މަރުވި ސްޕެނިޝް ފްލޫއަށް ނިސްބަތްކުރައްވާ ވިދާޅުވީ، ކޯވިޑް-19 އަކީވެސް އެހާ ނުރައްކާ ބައްޔަކަށް ވެދާނެކަމަށާއި، ނަމަވެސް އެހާލަތަށް ދިޔުމުން ސަލާމަތްކުރުމުގެ ޓެކްނޮލޮޖީއާއި ކުރިއެރުން މިވަގުތު ދުނިޔޭގައި އެބަހުރިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން