އިންޑިޔާގެ ފިލްމީ ދާއިރާއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުންދާ ޖާންވީ ކަޕޫރް އަގުބޮޑު އެޕަރޓްމެންޓެއް ގަނެފިއެވެ.
ޖާންވީ ކަޕޫރް އެޕަރޓްމެންޓު ގަނެފައިވަނީ އޭނާގެ އަމިއްލަ ނަންމަތީގައެވެ. އިންޑިޔާގައި އެންމެ އަގުބޮޑެތި ޕްރޮޕަރޓީތައް ވިއްކާ ސަރަހައްދު ކަމަށްވާ މުމްބާއީގެ ޖޫހޫ އިން ޖާންވީ ގަނެފައިފާ އެޕަރޓްމެންޓް އަކީ 3 ބުރި އަށް ތައްޔާރުކޮށްފައިވާ އެޕަރޓްމެންޓްއެކެވެ. މިގޮތުން މި އިއެޕަރޓްމެންޓް ހުރި ބިލްޑިންގްގެ 14، 15 އަދި 16 ވަނަ ބުރި އެއްކޮށް ޖާންވީ ކަޕޫރް ވަނީ ގަނެފައެވެ.
ޖާންވީ ކަޕޫރް ގެ އެޕަރޓްމަންޓް ގަތުމަށް 390،000،000 އިންޑިއަން ރުޕީސް ހޭދަކޮށްފައިވާކަމަށްވެއެވެ.
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ އަދި އިންޑިޔާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ބޯނީ ކަޕޫރް ދެމަފިރިންގެ ދޮށީ ދަރި ޖާންވީ ކަޕޫރް ފިލްމީ ދާއިރާ އިން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ދަޅަކް އިންނެވެ. ޖާންވީ އެންމެ ފަހުން ފެނިގެންދިޔައީ 2020 ވަނަ އަހަރު ނުކުތް ހިންދީ ބައޮގްރަފިކަލް ފިލްމު ގުންޖަން ސަކްސޭނާ އިންނެވެ.
ޖާންވީ ދެން ފެނިގެން ދާނީ ރާޖް ކުމާރް ރާއޯ އާއެކު ހިންދީ ފިލްމު ރޫހީ އަފްޒާނާ އިން އަދި ކާރްތިކް އާރިޔަން އާއެކު ހިންދީ ފިލްމު ދޯސްތާނާ ދޭކުންނެވެ.

ކިޔުންތެރިންގެ ހިޔާލު