ޑިސެމްބަރުމަހު ސްރީލަންކާގައި ހިންގުނު ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުކްރެއިނުގެ ފަތުރުވެރިން ސްރީލަންކާއަށް.
ޑިސެމްބަރުމަހު ސްރީލަންކާގައި ހިންގުނު ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުކްރެއިނުގެ ފަތުރުވެރިން ސްރީލަންކާއަށް.
މިހިނގާ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، އަވަށްޓެރި ސްރީލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ހުޅުވުމަށް ސްރީލަންކާގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކޮށްދެއްވަމުން ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ ސްރީލަންކާގެ ބޯޑަރުތައް ހުޅުވައި ދުނިޔޭގެ ވައިގެ އުދުހުންތަކަށް ސްރީލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ހުޅުވާލުމަށް ނިންމަވާފައިވަނީ ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށެވެ.

މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ކޮވިޑުގެ ބަލިމަޑު ކަމުން ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އިގްތިސާދު އާރަސްތު ކުރެވޭނެ ކަމަށް ސްރީލަންކާގެ ސަރުކާރުން އުންމީދު ކުރާކަމަށް ސްރީލަންކާގެ ޓުއަރިޒްމް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިއާއެކު ފަތުރުވެރިންނަށް ހާއްސަކޮށްގެން 12 ސަރަހައްދެއް ހުޅުވާލަން ކަނޑައެޅިފައިވާކަމަށާއި މިސަރަހައްދުތަކަށް ދެވޭނީ ފަތުރުވެރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓު ހެދުމުންކަމަށްވެސް ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ސްރީލަންކާ އަށް ފަތުރުވެރިން އެތެރެވުމާއި، ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމުގަޔާއި އާންމު ސަރަހައްދުތަކުގައި އުޅުމަށް ވަކި ގަވާއިދުތަކެއް ހެދިފައިވެއެވެ. އަދި މި ގަވާއިދުތަކާ ބެހޭ އިރުޝާދުތައް ސްރީލަންކާގެ ޓުއަރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީއިން ފަތުރުވެރިންނަށް އަންގަމުން ދާނެ ކަމަށްވެއެވެ.

މިމަހު 23 ގައި ސްރީލަންކާގެ ބޯޑަރ ރަސްމީކޮށް ހުޅުވުމަށް ނިންމަވައިފައިވާއިރު މިކަމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރު ޑިސެމްބަރުމަހު ސްރީލަންކާގައި ޕައިލެޓް ޕްރޮޖެކްޓްއެއް ކުރިއަށް ގެންދެވިފައިވެއެވެ. މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން 560 ފަތުރުވެރިން ޔުކްރެއިނުން ސްރީލަންކާއަށް ދަތުރު ކޮށްފައިވާކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން