ޓްރަމްޕްގެ ސަޕޯޓަރުން ގާނޫނުހަދާ މަޖިލީހަށް ވަނުމަށް މަސައްކަތް ކުރަނީ
ޓްރަމްޕްގެ ސަޕޯޓަރުން ގާނޫނުހަދާ މަޖިލީހަށް ވަނުމަށް މަސައްކަތް ކުރަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި އެކަކުމަރުވެއްޖެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަމުން ގޮސް ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ މިއަދަކީ ކޮންގްރެސްއިން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަސް ކަމަށްވާތީއެވެ. ރައްޔިތުންގެ ވޯޓާއި އިލެކްޓޯރަލް ކޮލެޖް ވޯޓުންވެސް ބައިޑަން އިންތިޚާބު ކާމިޔާބު ކުރަށްވާފައިވާކަން ކަށަވަރުވެފައި ވާއިރުވެސް ރައީސް ޓްރަމްޕް ގެންދަވަނީ އެއްވެސް ހަރުދަނާ ހެއްކެއްނެތި އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ދެކޮޅު ހައްދަވައި ކޯޓު ތަކަށް މައްސަލަ ހުށައަޅުއްވަމުންނެވެ.

ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ގެންދަވަނީ މަގުތަކަށް ނުކުމެ އަޑުއުފުލުމަށެވެ.

އިންތިޚާބުގެ އިލެކްޓޯރަލްވޯޓު ގުނައި އިންތިޚާބުގެ ނަތީޖާއާއި މެދު އެންމެ ފަހުގެ ބަސް އިއްވުމަށް ކޮންގްރެސްގައި މިއަދު ބަހުސް ހިނގަމުން ދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ފުލުހުންނާއި ކުރިމަތިލައި ގަދަކަމުން ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ވަދެގެންފައެވެ. އަދި ޓްރަމްޕްގެ ސަޕޯޓަރުން ފުލުހުންގެ ސަފުތައް ފޫއަޅުވަލާފައި ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ފުލުހުންގެ ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތް މީހުން މައިތިރިކޮށް އެމީހުންނަށް ހުރަސް އެޅުމަށް ފުލުހުން ކުރިމަސައްކަތުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި އަންހެނަކު ޒަޚަމްވި ކަމަށާއި އަދި ފަހުން އޭނާ މަރުވެފައިވާ ކަމަށް މިޑީއާ ރިޕޯޓްތައް ބުނެއެވެ.

ހަމަނުޖެހުން ހިންގި މީހުން ގާނޫނުހަދާ މަޖިލީހުގެ ގޯތި ތެރެއަށް ވަދެގަތުމުން ޖަލްސާވަނީ މެދުކަޑާލާފައެވެ. ނަމަވެސް މަޖިލިސްކުރާ މާލަމުގެ ދޮރުތައް ނުހުޅުވުމަށާއި އެއްވެސް މެންބަރަކު ވަދެ ނުކުމެ ނޫޅުމަށް ފުލުހުން ވަނީ އަންގާފައެވެ.

މިހަމަނުޖެހުންތަކާއި ގުޅިގެން އިންތިޚާބީ ރައީސް ބައިޑަން ވަނީ ކަންބޮޑުވުން ފާޅުކުރަށްވައި، ރައީސް ޓްރަމްޕަށް ފާޑުވިދާޅުވެ ޑިމޮކްރެސީއާއި ބީރަށްޓެހި މިފަދަ ޢަމަލުތައް ހުއްޓާލައި ޑިމޮރެސީގެ މަސައްކަތްތަކަށް ފުރުސަތު ދެއްވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ޙހސގޔގ

10-Jan-2021

މިހަމަނުޖެހުންތަކާއި ގުޅިގެން އިންތިޚާބީ ރައީސް ބައިޑަން ވަނީ ކަންބޮޑުވުން ފާޅުކުރަށްވައި، ރައީސް ޓްރަމްޕަށް ފާޑުވިދާޅުވެ ޑިމޮކްރެސީއާއި ބީރަށްޓެހި މިފަދަ ޢަމަލުތައް ހުއްޓާލައި ޑިމޮރެސީގެ މަސައްކަތްތަކަށް ފުރުސަތު ދެއްވުމަށް ގޮވާލައްވާފައެވެ. ޝަރުޢީ ދާއިރާގައި 29 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރަށްވަފައިވާ އުމުރުފުޅުން 61 އަހަރުގެ މުޖުތާޒު ފަހުމީ ވަނީ ދެއަހަރެއްހާ ދުވަސް ވަންދެން ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަށްވާފައެވެ.



ޓްރެންޑިން