އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގަން ފެށުމާއެކު، ފޭސްބުކް އަދި ޓްވިޓަރ އިން ޓްރަމްޕްގެ އެކައުންޓްތައް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.

މިގޮތުން ޓްވިޓަރ އިން ވަނީ ޓްރަމްޕްގެ އެކައުންޓްތައް 12 ގަޑިއިރަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައެވެ. އަދި މިއާއެކު ޓްރަމްޕްގެ އެކައުންޓްތައް މުޅި އުމުރަށް ބޭނުން ނުކުރެވޭ ގޮތް ހަދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޓްވިޓާއިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ޓްވިޓަރގެ ގަވާއިދު ތަކާ ހިލާފް ޕޯސްޓް ތަކެއް ޓްރަމްޕް ހިއްސާ ކުރެއްވުމުންނެވެ. ޓްވިޓާއިން ވަނީ ގަވާއިދާ ހިލާފުވި ޓްރަމްޕްގެ ޓްވީޓްތައް އާންމުންނަށް ނުފެންނަށް ގޮތް ހަދާފައެވެ. މިފަދަ ޓްވީޓްތަކުން ޓްރަމްޕް ދިޔައީ ޓްރަމްްޕްގެ ސަޕޯޓަރުންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުދެއްވަމުންނެވެ.

ޓްވިޓަރގެ އިތުރުން ފޭސްބުކުންވެސް ވަނީ ޓްރަމްޕްގެ އެކައުންޓްތައް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ. މިގޮތުން 24 ގަޑިއިރަށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދައި، ޓްރަމްްޕްގެ ސަޕޯޓަރުންނަށް ހިތްވަރުލައިދިނުމުގެ ގޮތުން ހިއްސާ ކޮށްފައިވާ ވީޑިއޯއެއް ވަނީ ޑިލީޓް ކޮށްލާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަމުން ގޮސް ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ މިއަދަކީ ކޮންގްރެސްއިން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަސް ކަމަށްވާތީއެވެ.  ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ގެންދަވަނީ މަގުތަކަށް ނުކުމެ އަޑުއުފުލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން