ގާނޫނުގެ ބާރު ބޭނުންކޮށް ރައީސް ޓްރަމްޕް މަގާމުން ވަކި ކުރުމަށް އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ގޮވާލައްވައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވަނީ ގާނޫނު އަސާސީގެ 25ވަނަ މާއްދާގެ ދަށުން އެމެރިކާގައި މިހާރު ހުންނެވި ރައީސް، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކޮށްދިނުމަށް އެމެރިކާގެ މިހާރުގެ ނާއިބް ރައީސް މައިކް ޕެންސް އަރިހުން އެދިވަޑައިގެންފައެވެ. އަދި މިއީ މިހާރުން މިހާރަށް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމެއްކަމަށް ނޭންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

"ގާނޫނު އަސާސީގެ 25ވަނަ މާއްދާގެ ދަށުން އެމެރިކާގައި މިހާރު ހުންނެވި ރައީސް، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކޮށްދިނުމަށް އެދެނީ، މަގާމުގެ ނުފޫޒު ބޭނުންކޮށް އެމެރިކާގެ ރައްޔިތުންނާއި މުޅި ގައުމާ ދެކޮޅަށް އަނިޔާވެރިކަމަށް މަގުފަހިކޮށްފައިވާތީ. މިއާއެކު މިހާރުން މިހާރަށް ޓްރަމްޕް މަގާމުން ވަކިކޮށްދިނުމަށް އެމެރިކާގެ ނާއިބު ރައީސް ގެ އަރިހުން އެދެން. އަދި މިކަމަށް ނާއިބު ރައީސް އިޖާބަ ނުދެއްވައިފިނަމަ 25ވަނަ މާއްދާގެ ދަށުން އެމެރިކާގެ ކޮންގްރެސް އަމަލު ކުރުމަށް މަޖުބޫރުވާނެ." ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނޭންސީ ޕެލޯސީ ވަނީ ޓްރަމްޕް އަކީ ނުރައްކާތެރި މީހެއްކަމަށް ސިފަކުރައްވާފައެވެ. އަދި ޓްރަމްޕް އަކީ ރައީސް ކަމުގެ މަގާމުގައި ބަހައްޓަން އެކަށީގެންވާ ބޭފުޅެއް ނޫންކަމަށްވެސް ނޭންސީ ޕެލޯސީ ވިދާޅުވެފައިވެއެވެ. އަދި މިއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޭންސީ ޕެލޯސީ ވަނީ ސިފަކުރައްވާފައެވެ.

ނޭންސީ ޕެލޯސީ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ރިއާޔަތް ކުރަށްވައެވެ. މިދިޔަ ބުދަ ދުވަހު، ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަމުން ގޮސް ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ ކޮންގްރެސްއިން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަހާ ގުޅުވައިގެންނެވެ. މިގޮތައް ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ވަނީ ޓްރަމްޕްގެ މީސްމީޑިޔާ އެކައުންޓްތައް މެދުވެރިކޮށް ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކަށް ހިތްވަރު ދެއްވާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ ހަމަނުޖެހުމާއެކުވެސް އެމެރިކާގެ ކޮންގްރެސް އިން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓުގެ އެންމެ ފަހުގެ ނަތީޖާ އާއެކު ބައިޑެން އަދި ކަމަލާ ހެރިސްގެ ކާމިޔާބީ ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން