ޓްވިޓަރ އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް، ދާއިމީކޮށް ސަސްޕެންޑްކޮށްފިއެވެ.
ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވަނީ ޓްރަމްޕްގެ ސަޕޯޓަރުން ނިކުމެ މުޒާހަރާކޮށް، އެމެރިކާގެ މަޖިލިސް ކުރާގެއަށް ވަދެ ހަމަނުޖެހުން ހިންގައި، އަނިޔާވެރިކަމާއެކު ކުރިމަތިލުންތަކެއް ގެންގޮސްފައިވުމާއެކު، މިފަދައިން ތަކުރާރުވުމުގެ ބިރު ހީވެފައިވުމުންނެވެ.
މިކަމާ ބެހޭގޮތުން ޓްވިޓަރ އިން ނެރިފައިވާ ބަޔާނުގައި ވަނީ، ޓްރަމްޕް އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓްތަކަށް ބެލުމަށްފަހު، އެޓްވީޓްތަކުން އަނިޔާވެރިކަމަށް އިތުރަށް މަގުފަހިވާފަދަ ގޮތަކަށް ލިޔެވިފައިވުމުން 'ރިއަލް ޑޮނަލްޑް ޓްރަމްޕް' ގެ ނަމުން ނަންދެވިފައިވާ ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑު ކުރެވިފައިވާކަމަށްވެއެވެ.
މިދިޔަ ބުދަ ދުވަހު، ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަމުން ގޮސް ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ ކޮންގްރެސްއިން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަހާ ގުޅުވައިގެންނެވެ. މިގޮތައް ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ވަނީ ޓްރަމްޕްގެ މީސްމީޑިޔާ އެކައުންޓްތައް މެދުވެރިކޮށް ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކަށް ހިތްވަރު ދެއްވާފައެވެ.
މިހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު އެކި މީސްމީޑިޔާ ކުންފުނިތަކުން ދަނީ ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑް ކުރަމުންނެވެ. މިގޮތުން މީގެ ކުރިން 24 ގަޑިއިރަށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފައި ވީނަމަވެސް، މި މުއްދަތު ހަމަވުމާ އެކު ފޭސްބުކް އިންވެސް ވަނީ ޓްރަމްޕްގެ ފޭސްބުކް އަދި ފޭސްބުކް ގެ ދަށުން ހިންގޭ އިންސްޓަގްރާމް އެކައުންޓްތައް، މުއްދަތެއް ނެތް ގޮތަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވެއެވެ.
މީގެ އިތުރުން ޓްވިޓަރއިން ފުރަތަމަ ޓްރަމްޕްގެ އެކައުންޓްތައް 12 ގަޑިއިރަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ޓްވިޓަރގެ ގަވާއިދުތަކާއި ހިލާފުވެގެން ޓްރަމްޕް ކޮށްފައިފާ ތިން ޓްވީޓެއް ޑިލީޓް ކޮށްލާފައިވެއެވެ. އެއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްގެ ޓްވިޓަރ އަންބްލޮކް ވުމާއެކު، ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާން ތައްޔާރުކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްވިޓަރގައި ވީޑިޔޯއެއް އާންމުކޮށްފައެވެ.
ނަމަވެސް ހުކުރު ދުވަހު ޓްރަމްޕް ކޮށްފައިވާ ޓްވީޓްތަކާއެކު ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވެއެވެ. ޓްރަމްޕްގެ މިޓްވީޓްތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބުން ހޮވިވަޑައިގެެންނެވި ޖޯ ބައިޑެންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނޭކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މުޒާހަރާ ކުރުމަށް ނުކުތް ޓްރަމްޕްގެ ސަޕޯޓަރުން ނުކުތީ ގައުމުގެ ހިމާޔަތުގައި ކަމަށާއި، އަދި ގައުމު ދުޝްމަނުންގެ ކިބައިން ސަލާމަތް ކުރުމަށް ކަމަށް ސިފަވާގޮތަށް ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު