އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެޔާގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާކަމަށް، އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިގޮތުން އުތުރު ކޮރެޔާގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާކަމަށާއި، އެމެރިކާގެ ބާރު ކަނޑުވާލުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ކިމް ޖޮންގ އުން ވިދާޅުވެފައިވެއެވެ.

"ބޭރު ދުނިޔޭގެ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި އިސްކަމެއް ދޭންޖެހޭނެ އެއްކަމެއް އެމެރިކާގެ ބާރު ކަނޑުވައިލައި އެމެރިކާއަށް ވުރެ ކުރިއަރަން. އެމެރިކާ އަކީ އަހަރުމެންގެ އެންމެ ބޮޑު ދުޝްމަނު، އަދި އަހަރުމެންނަށް ލިބޭ ކުރިއެރުންތަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްވެސްމެ." އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމެރިކާގެ ވެރިޔަކަމުގައި ކޮންމެ މީހަކު ހުރި ކަމުގައިވިޔަސް، އެމެރިކާއިން އުތުރު ކޮރެޔާއަށް އަޅާފައިވާ ފިއްތުންތަކާއި އުތުރު ކޮރެޔާ އާއި މެދު ދެކޭ ގޮތް ބަދަލު ނުވާ ކަމަށްވެސް ކިމް ޖޮންގ އުން ފާހަގަކުރަށްފައިވެއެވެ. މީގެ އިތުރުން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ފުޅާ ކުރުމާއި އެންޓި-އިމްޕީރިއަލިސްޓުންނާއި މިނިވަން ޖަމާއަތް ތަކާއެކު އުތުރު ކޮރެޔާގެ ގުޅުން ބަދަހި ކުރައްވާނެ ކަމަށްވެސް ކިމް ޖޮންގ އުން ވިދާޅުވެފައިވެއެވެ.

ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުންގ މިފަދައިން ވިދާޅުވެފައިވާއިރު، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން، ރިޔާސީ ހުވާ ކުރެއްވުމަށް މާގިނަ ދުވަހެއް ނެތެވެ. މީގެ އިތުރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކިމް ޖޮންގ އުން އާއި ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުންވެސް އެތައް ވާހަކަ ތަކެއް އާންމުވެފައިވެއެވެ.

މިގޮތުން ޑޮނަލްޑް ޓްރަމްޕް އަދި ކިމް ޖޮންގ އުން އާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އަކީ ޓްރަމްޕް ވަރަށް 'ލޯބިވާ' ލީޑަރެއް ކަމަށާއި، އަދި ކިމް ޖޮންގ އުން އާއެކު ރަނގަޅު ގުޅުމެއް ގާއިމު ވެފައިވާކަމަށް 2018 ވަނަ އަހަރު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން