ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒިޒް.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒިޒް.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒިޒް، ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ފުރަތަމަ ޑޯޒު ޖައްސަވައިފިއެވެ.

އުމުރުފުޅުން 85 އަހަރުފުޅުގެ ސައުދީގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒިޒް ވެކްސިން ޖައްސަވާފައިވަނީ ސައޫދީގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށިތާ ތިން ހަފްތާ ފަހުންނެވެ. މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ، މިވެކްސިން ޖެއްސެވުމުގެ ރަސްމިއްޔާތު ވަނީ ލައިވްް ކޮށް އާންމުކޮށްދައްކާލާފައެވެ.

ސައުދީ އަރަބިއްޔާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 17 ވަނަ ދުވަހުއެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން ވެކްސިން ބޭނުން ކުރުމަށް ހުއްދަދެވިފައިވާ ގައުމު ތަކުގެ ލިސްޓުން ދެވަނައިގައި ހިމެނެނީވެސް ސައޫދީއެވެ. ތިން ފޭސް އަކަށް ކުރިއަށް ގެންދެވޭ ވެކްސިން ދިނުމުގެ ޕްރޮގަރާމާ އެކު، ސައޫދީގެ މިނިސްޓަރ އޮފް ހެލްތު ތައުފީގް އަލް-ރަބިއަހް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަށް ޝުކުރު އަދާކުރަށްވާފައެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަމުގައިވެސް ރަސްގެފާނު ވަނީ ސައޫދީގެ ރައްޔިތުންގެ ރައްކާތެރިކަން އިސްކުރައްވާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރަސްގެފާނު ސަލްމާން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ޖެއްސެވުމާއެކު ސައުދީގެ ސިޔާސަތަކީ ފަރުވާ ކުރުމުގެ ކުރިއަށް ރައްކާތެރިކަން އިސްކުރުން ކަމަށް ސައޫދީގެ މިނިސްޓަރ އޮފް ހެލްތު ތައުފީގް އަލް-ރަބިއަހް ވިދާޅުވެފައިވެއެވެ.

ސައުދީގެ ރަސްގެފާނުގެ އިތުރުން ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަދި ޕްރިންސް ޚާލިދް ބިން ސަލްމާން ވެސް ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ޖައްސަވާފައިވެއެވެ. މީގެއިތުރުން، ސައުދީ ސަރުކާރުގެ ބައެއް އިސްވެރިންވެސް މި ވެކްސިން ޖައްސަވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން