ކަނޑިތީމު ފަޅުގައި އޮތް ތެޔޮ ދޯންޔެއްގައި ރޯވެފައި
ކަނޑިތީމު ފަޅުގައި އޮތް ތެޔޮ ދޯންޔެއްގައި ރޯވެފައި
ށ. ކަނޑިތީމު ފަޅުގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ ތެޔޮ އުފުލުމަށް ބޭނުންކުރާ ލަކުޑި ދޯންޏެއްގައި ކަމަށެވެ. މި ދޯނީގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:45 ހާއިރު ކަމަށާއި އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުންނާއި އާއްމުން ގުޅިގެން އެސަރަހައްދުގައި އަޅާފައި ހުރި ދޯނިތައް ފަހަތަށް ޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށަށް ތެޔޮ ހިފައިގެން ދިއަ ކުޅުދުއްފުށީ ދޯންޏެއްގައެވެ.

ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި ރޯވެ އަނދަމުންދާއިރު މިއަދު ތިނަދޫގައި ދަގަނޑު ޓޭންކެއް ކީހަން އުޅުމުގެ ތެރޭގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން