މާޝާ މިދުހަތު   11 ޖެނުއަރީ 2021 - 18:19
އިންޑިޔާގައި އޭވިއަން އިންފްލުއެންޒަރ ނުވަތަ އާންމު ނަމުންނަމަ، ދޫނި ރޯގާ، ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

މިގޮތުން އިންޑިޔާގެ 8 ސްޓޭޓް އަކުން މިހާތަނަށް ދޫނި ރޯގާގެ އަސަރު ޔަގީންކޮށްފައިވެއެވެ. އަދި އިތުރު ސްޓޭޓް ތަކުން ވެސް ދޫނި ރޯގާގެ އަސަރު ހުރިތޯ ޔަގީންކުރަމުންދާކަމަށްވެއެވެ.

ދޫނި ރޯގާ އެންމެ ފަހުން ފެނުނުފަހުން ފެނިފައިވަނީ އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓުންނާއި ނިއު ދިއްލީ އިންނެވެ. މިއާއެކު ދިއްލީއިން ދޫނި ހޯލްސޭލް ކޮށް ވިއްކާ އެންމެ ބޮޑު މާރުކޭޓު ބަންދުކޮށްފައިވެއެވެ. މި މާރުކޭޓު ބަންދު ކުރުމުގެ ކުރިން 200 ދޫނި މަރުވެފައި އޮއްވައި ފެނިފައިވާކަމަށްވެއެވެ.

މީގެ އިތުރުން، ދިއްލީ ގައި ހުންނަ ޖަނަވާރު ގެންގުޅޭ ތަންތަނުގެ ތެރޭގައި ހިމެނޭ ޒޫތަކާއި، ޕަރކް ތަކަށް އާންމުން ޒިޔާރަތް ކުރުންވެސް މިހާރު ވަނީ މަނާ ކޮށްފައެވެ.

ދިއްލީގެ އިތުރުން އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓްއިން މިދިޔަ ދެދުވަސް ތެރޭގައި 800 ކުކުޅަށް ދޫނި ރޯގާ ޖެހިގެން މަރުވެފައިވާކަމަށްވެސް ވެއެވެ.

މިހާތަނަށަ އިންޑިޔާގެ އެކި ސަރަހައްދުތަކުން ނެގިފައިވާ ސާމްޕަލް ތަކުގެ ތެރެއިން، ރާޖަސްތާން، މަދިޔަ ޕްރަދޭޝް އަދި ކެރަލާ އިން ނެގި ސާމްޕަލް ތަކުން ދޫނިރޯގާ ވައިރަހުގެ އެޗް5އެން8 ސްޓްރެއިންނަށް ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް ހިމާޗަލް ޕްރަދޭޝް އިން ނެގި ސާމްޕަލް ތަކުން ދޫނިރޯގާ ވައިރަހުގެ އެޗް5އެން1 ސްޓްރެއިންނަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އިންޑިޔާގައި ދޫނި ރޯގާ ފެނިފައިވާ ސަރަހައްދު ތަކުގެ ތެރޭގައި މަހާރަޝްތުރާ ސްޓޭޓް އަދި ނިއު ދިއްލީ ގެ އިތުރުން، ކެރަލާ، ރާޖަސްތާން، މަދިޔަ ޕްރަދޭޝް، ހިމާޗަލް ޕްރަދޭޝް، ހަރިޔާނާ، އަދި ގުޖްރާތު ހިމެނެއެވެ.

ދޫނި ރޯގާ އަކީ ޖަނަވާރުންގެ ތެރެއިން ދޫނި ތަކަށް ޖެހޭ ބައްޔެއް ކަމުގައި ވީނަމަވެސް، މި ވައިރަހުގެ އަސަރުކޮށް ބަލިވެފައިވާ ދޫންޏަކުން އިންސާނުންނަށްވެސް މި ބަލީގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން