ގދ. ދާންދޫން
ގދ. ދާންދޫން
ގއ. ދާންދޫން ބަޔަކު ކޯވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާންދޫން ޖުމްލަ ދެމީހަކު ވަނީ މިހާތަނަށް ކޯވިޑް-19 އަށް ފައްސިވެފައެވެ. އެދެމީހުންނަކީ މިހާރު ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް-19 އަށް ފައްސިވެފައިވާ ދެއްވަދޫން ދާންދުއަށް ދަތުރުކުރި މީހަކާ ބައްދަލުވެފައިވާ ޕްރައިމަރީ ކޮންޓެންޓުން ކަމަށް މައުލޫމާތު ލިބެއެވެ.

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް ދާންދޫއިން ދެ މީހަކު ފައްސިވެފައިވާއިރު، އެ އަތޮޅު ވިލިނގިލިން ވެސް އެކަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. ގއ.ދެއްވަދޫ ކްލަސްޓަރ އިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެއީ 24 ޑިސެމްބަރުގައެވެ. އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ފަހުން ބުނެފައިވަނީ އެރަށުގައި ބަލި ފެތުރިފައިވަނީ ކުޑަ ކުއްޖާގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ކްލަސްޓަރ އާއި ގުޅިގެން ލ. ފޮނަދޫ އާއި އެ ރަށާ ގުޅިފައި އޮންނަ ގަން މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ.

އަލަށް ކޯވިޑް-19 ފެނުނު ރަށްތަކުގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން ކޮވިޑް ކޭސްތައް ފެނި ބައެއް ރަށްރަށުގެ އާބާދީގެ ތެރޭގައި ފެތުރޭތޯ ބެލުމަށް އެ ރަށްރަށުގައި ވަކި ތަރުތީބެއްނެތި އެޗްޕީއޭއޭއިން ވަނީ ސާމްޕަލް ނަގައި ތަހުލީލު ކުރުމުގެ މަސައްކަތް ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން