ނާށިގަނޑު ހިއްޕަވައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަޑައިގެންނެވީ ރައްޔިތުންނަށް ވެކްސިން ހޯއްދަވަން ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓުގައި ވަނީ "ދިވެހި އެތައް ރައްޔިތަކު ބަނޑަށްޖެހި ދަރީންގެ ސްކޫލްފީއާ ގޭކުލި ނުދެއްކި އަނގަޔާއަތާ ދިމާނުވެ ތިބި ޙާލުގައި އަގުބޮޑުޗުއްޓީއެއް ހޭދަކުރައްވަން ދުބާއީއަށް ވަޑައިގެން ނާޗަރަންގީކުޅުއްވެވީ ކީއްވެތޯ؟" އޭ ވިދާޅުވެ ދާދިފަހުން ރައީސް ޞާލިހް ދުބާއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ސުވާލު އުފަށްދަވައިފަ އެވެ.
ޝުޖާއު ކުރެއްވި މިޓުވީޓަށް ރައްދުދެއްވަމުން ދީދީ ވަނީ މިދަތި ވަގުތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ވެކްސިން ހޯއްދަވަން ނާށިގަނޑު ހިއްޕަވައިގެން ކުރެއްވި މަސައްކަތްފުޅަށް އައްސަރިބަހާއި ސާބަސް ދަންނަވާ އެކަމަށް ތަޢުރީފް ކުރަށްވާފައެވެ. އަދި މި ވެކްސިން ރައްޔިތުންނަށް ދެއްވާނީ ވަކި ކުލައަކަށް ބައްލަވައިގެން ނޫން ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
ދީދީ އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް ސަލާންޖަހައިގެން ނަމަވެސް މިހާލަތުގައި ދިވެހިންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ހޯއްދަވާ ދެއްވުމަކީ ސަރުކާރު ހިންގަވަން ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، ކުރަށްވަންޖެހޭ، ވާޖިބު ކަމެއްކަމަށެވެ.
"މިދަތި ވަގުތުވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރެއްވުމަށް ވެކްސިން ހޯއްދަވަން ނާށިގަނޑު ހިއްޕަވައިގެން ކުރެއްވި މަސައްކަތްޕުޅަށް އައްސަރި ބަހާއި ސާބަސް ދަންނަވަން. ވެކްސިން ރައްޔިތުންނަށް ދެއްވާނީ ކުލައަކަށް ބައްލަވައިގެން ނޫންކަން ޔަގީން" ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާލަތުގައި ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކޮށް، ކޮވިޑުގެ ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިނުވާނެ ގޮތަކަށް ވެކްސިން ލިބެންދެންވެސް ކެތްކުރުމަށް ދީދީ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަަދި އަތޮޅު ތެރެއަށް ކޮވިޑު ފެތުރުމުން، އެހެން ބަލިތަކަށް ސިއްހީ އެހީތެރިކަން ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ މަންޒަރު ފެންނަމުންދާކަމަށްވެސް ދީދީ ވަނީ ވިދާޅުވެފައެެވެ. މިގޮތުން މިބަލިމަޑުކަން ފެތުރިގެން ދިއުމަކީ ހުރިހާ ރަށަކުންވެސް ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށާއި ވެކްސިން ދިވެހިންގެ އަތްފޯރާފަށަށް ކައިރިވަމުންދާކަމަށްވެސް ދީދީ ވަނީ ވިދާޅުވެފައެވެ.
ދީދީ ވަނީ ކޮންމެ ކަމެއް ސިޔާސީ ނުކުރުމަށް ގޮވާލާ ވެކްސިން ލިބެންދެން ކެތްތެރިވުމަށްވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހް ދާދިފަހުން ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކޮވިޑް ވެކްސިންގެ ކޮންމެވެސް މިންވަރެއް އެގައުމުގެ ސަރުކާރުގެ އެހީގައި ރާއްޖެއަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މިއެހީ މިމަހުގެ ފަހުކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

Midhathi vaquthuves RJ @ibusolih rayyithunge furaana salaamaiy kurevvumah vaccine hoadhdhavan naashigadu hippavaigen kurevvevi masakkaiy pulhah assari bahaai saabas dhannavan Komme kameh siyaasee thikuravvanee. vaccine rayyithun nah dhevvaanee kula akah ballavaigen nunkan yaqeen https://t.co/JgupmOTLo1
— Ibrahim M Didi (@ibrahimmdidi) January 14, 2021
މީގެ އިތުރުން، މިހާލަތުގައި ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކޮށް، ކޮވިޑުގެ ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިނުވާނެ ގޮތަކަށް ވެކްސިން ލިބެންދެންވެސް ކެތްކުރުމަށް ދީދީ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަަދި އަތޮޅު ތެރެއަށް ކޮވިޑު ފެތުރުމުން، އެހެން ބަލިތަކަށް ސިއްހީ އެހީތެރިކަން ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ މަންޒަރު ފެންނަމުންދާކަމަށްވެސް ދީދީ ވަނީ ވިދާޅުވެފައެެވެ. މިގޮތުން މިބަލިމަޑުކަން ފެތުރިގެން ދިއުމަކީ ހުރިހާ ރަށަކުންވެސް ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށާއި ވެކްސިން ދިވެހިންގެ އަތްފޯރާފަށަށް ކައިރިވަމުންދާކަމަށްވެސް ދީދީ ވަނީ ވިދާޅުވެފައެވެ.
ދީދީ ވަނީ ކޮންމެ ކަމެއް ސިޔާސީ ނުކުރުމަށް ގޮވާލާ ވެކްސިން ލިބެންދެން ކެތްތެރިވުމަށްވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހް ދާދިފަހުން ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކޮވިޑް ވެކްސިންގެ ކޮންމެވެސް މިންވަރެއް އެގައުމުގެ ސަރުކާރުގެ އެހީގައި ރާއްޖެއަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މިއެހީ މިމަހުގެ ފަހުކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު