އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.
މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ނިކުމެ އެމެރިކާގެ މަޖިލިސް ކުރާގޭ ސަރަހައްދުގައި މުޒާހަރާކޮށް ހަމަލާދިނުމުގެ ޒިންމާ އުފުލައި ޓްރަމްޕާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލައިފިއެވެ.

މިގޮތުން އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން އާންމުކޮށްފައިވާ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ 10 މީހަކުން 7 މީހުން ވަނީ އެމެރިކާގެ މަޖިލިސް ކުރާގޭ ސަރަހައްދުގައި މުޒާހަރާކޮށް ހަމަލާދިނުމުގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް ބުނެފައެވެ. އަދި ހަމަ މި ވޯޓުން އެމެރިކާގެ ކޮންމެ 10 މީހަކުން 9 މީހަކު އެހާދިސާ ކުށްވެރިކޮށްފައިވާއިރު، ވޯޓުގައި ބައިވެރިވި 56 އިންސައްތަ މީހުން ވަނީ ޓްރަމްޕް އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މީގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި ޓްރަމްޕާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގައި، އެމެރިކާގެ ރައީސްކަމަށް އައުމަށް އިތުރަށް ފުރުސަތު ނުލިބޭނެގޮތަކަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފަައެވެ.

މި ވޯޓަކީ މުޅި އެމެރިކާއަށް ހުޅުވައިލައިގެން އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުން އާންމުކޮށްފައިވާ ވޯޓެކެވެ. މިވޯޓުގައި ބައިވެރިވި ގިނަ މީހުން ޓްރަމްޕާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފައިވާއިރު، އެމެރިކާގެ މަޖިލިސް ކުރާގޭ ސަރަހައްދުގައި މުޒާހަރާކޮށް ހަމަލާދިނުމަށް ބާރުއެޅުމުގެ ކުށުގައި ޓްރަމްޕާއި ދެކޮޅަށް ދައުވާކުރުމަށް 54 އިންސައްތަ މީހުން ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމުގައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވުމާއެކު ޓްރަމްޕްގެ އަމަލުތައް ހުރީ ޒިންމާ ދާރު ވެރިއެއްގެ ފަރާތުން ފެންނަން ނުވާނެ ގޮތަކަށް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މިއާއެކު އެމެރިކާގެ ގިނަ ބަޔަކު ވަނީ އެމެރިކާގެ ސިޔާސީ މަސްރަހާއި އެމެރިކާގެ ޑިމޮކްރަސީގެ އުސޫލް ތަކާމެދު ސުވާލު އުފައްދާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާއެކު އެމެރިކާގެ ހައުސް އިން ވަނީ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައިވަނީ ކޮންގްރެސްއިން އެމެރިކާގެ އިލެކްޝަނުން ބައިޑަންގެ ކާމިޔާބީ ބަލައިގަނެ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ކަމަށް ނިންމާ ދުވަހާ ގުޅުވައިގެންނެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން