މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިޔާގެ ސުލަވޭސީ ސަރަހައްދަށް އައި ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަނިކޮށް އާފްޓަރޝޮކްގެ ގޮތުގައި އިތުރު ބިންހެލުންތަކެއް ކުރިމަތިވާން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު 6.2 މެގްނިޓިއުޑް ބާރުމިނުގައި އިންޑޮނޭޝިޔާގެ ސުލަވޭސީ އަށް ކުރިމަތިވި ބިންހެލުމުގައި 46 މީހުން މަރުވެފައިވެއެވެ. މިބާރުގަދަ ބިންހެލުމުގައި އެސަރަހައްދުގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. އަދި މި އިމާރާތްތަކުގެ ތެރޭގައި ހޮސްޕިޓަލެއްވެސް ވަނީ ބިމާ ހަމަވެފައެވެ. މިބާރުގަދަ ބިންހެލުމަށްފަހު އާފްޓަރޝޮކްގެ ގޮތުގައި އިތުރު ބިންހެލުންތައް ކުރިމަތިވަމުން ދިޔައީ ބިމާ ހަމަވެފައިވީ މިއިމާރާތްތަކުގެ ދަށުން ދިރި ތިބި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަނިކޮށެވެ.
ހުކުރު ދުވަހު ފުރަތަމަ އެރި ބާރުގަދަ ބިންހެލުމަށްފަހު އާފްޓަރޝޮކްގެ ގޮތުގައި ކުރިމަތިވަމުންދާ ބިންހެލުންތަކުގެ ތެރޭގައި 5.0 ގެ މެގްނިޓިއުޑް ބާރުމިނުގައިވެސް ބިންހެލުމެއް ކުރިމަތިވެފައިވެއެވެ. އަދި މިފަދައިން އާފްޓަރޝޮކްގެ ގޮތުގައި އިތުރު ބިންހެލުންތައް ކުރިމަތިވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިސަރަހައްދަކީ ބިންހެލުމާއި ސުނާމީގެ އަސަރުކޮށްފިނަމަ ސުންނާފަތި ވުމުގެ ބިރުއޮތް ނާޒުކު ސަރަހައްދެއްކަމަށް އިންޑޮނޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
އިންޑޮނޭޝިޔާގެ ސުލަވޭސީ ސަރަހައްދަށް ކުރިމަތިވި ބިންހެލުމުގައި 46 މީހުން މިހާތަނަށް މަރުވެފައިވާއިރު، ބިމާ ހަމަވެފައި ތިބި އިމާރާތްތަކުގެ ދަށުން ދިރި ތިބި ގިނަ ބަޔަކު ވަނީ ސަލާމަތް ކޮށްފައެވެ. މިގޮތުން ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި 189 މީހުންނަށް ވަނީ ބޮޑެތި އަނިޔާ ތަކެއް ވެފައެވެ. މީގެ އިތުރުން މިހާތަނަށް 637 މީހަކު ވަނީ ބިމާ ހަމަވެފައި ތިބި އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު