ރާއްޖެއިން ބޭރުން އައި 78 ދަރިވަރަކު ކަރަންޓީނަށް ފަހު ޚިދުމަތަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ކޯވިޑް-19 ޓާސްކްފޯހުން ބުނެފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯހުން ބުނީ ބައެއް ދަރިވަރުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ތަމްރީން ހޯދަމުންދާ ކަމަށެވެ.
"އައިޖީއެމްއެޗުގައި ވެސް ބޭރުން އައި މެޑިކަލް ކުދިންގެ ތެރެއިން ދަރިވަރުން ދަނީ މަސައްކަތް ކުރަމުން. އެކުދިންނަށް ބޭނުންވާ ޓްރެއިނިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުން،" ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
އޭގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝުން އައި 46 ދަރިވަރުން މި ވަގުތު ވެސް ތިބީ ކަރަންޓީނުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ މެޑިކަލް ދަރިވަރުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެދުމުގެ މަތިން ޤައުމީ ޚިދުމަތަށް ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު