އއ. ވެލިގަނޑު ރިސޯޓްގެ ގެސްޓްރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު މިއަދު 14:15 ގައި ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ނުލިބެ އެވެ.
މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި ކަމަށާއި، ޙާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކުގައި އަލިފާނުގެ ޙާދިސާތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެރޭ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ވެސް ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި މި މަހުގެ 5 ވަނަދުވަހު އޮޅުވެލި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށުގެ ދެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. އަދި މިދިޔަ އަހަރު ނިމެންމުންދަނިކޮށް ޑިސެމްބަރުމަހުގެ 29 ވަނަދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

AA. Veligandu Island Resort ge guest room eh gai alifaanu ge haadhisaa eh hin'gaigen MNDF Fire & Rescue Service in harakaaiytherivaan fashaifi. Mi haadhisaa ge report libifaivany miadhu 14:15 haairu.
— Maldives National Defence Force (@MNDF_Official) January 18, 2021
ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކުގައި އަލިފާނުގެ ޙާދިސާތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެރޭ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ވެސް ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި މި މަހުގެ 5 ވަނަދުވަހު އޮޅުވެލި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށުގެ ދެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. އަދި މިދިޔަ އަހަރު ނިމެންމުންދަނިކޮށް ޑިސެމްބަރުމަހުގެ 29 ވަނަދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
ކިޔުންތެރިންގެ ހިޔާލު