އިންޑިޔާގައި ވެކްސިން ދިން މީހުންގެ ތެރެއިން 447 މީހުންގެ ފަރާތުން ސައިޑް އެފެކްޓް ނުވަތަ ސިއްހީ މައްސަލަތައް ފާހަގަ ކުރެވިއްޖެއެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ހިންގަމުންދާ ވެކްސިން ކެމްޕޭނުގެ ދަށުން 200،000 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވާއިރު، ސައިޑް އެފެކްޓް ފެނުނު 447 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

"ވެކްސިނަށް ސައިޑް އެފެކްޓް ފެނުނު 447 ކޭސް ހުށައަޅައިފައިވާއިރު، ތިން މީހަކު ވަނީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ." އިންޑިޔާގެ ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓްރީގެ ސެކްރެޓަރީ މަނޯހަރު އަގްނާނީ ބުނެފައިވެއެވެ.

މިހާދިސާ އާއިގުޅިގެން ގްލޯބަލް ހެލްތު އެންޑް ބައޯއެތިކްސް ރިސަރޗާ، އާނަންތު ބާން ބުނެފައިވަނީ، "ގިނަ ބަޔަކަށް ވެކްސިން ދެމުން ދާއިރު، ވެކްސިނުގެ ނޭދެވޭ އަސަރު ކުރާތަން ފެނުމަކީ ނާދިރު ކަމެއް ނޫން ކަމަށާއި ނަމަވެސް އިންޑިޔާގެ ބަހާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ ކޯވެކްސިންގެ ރައްކާތެރިކަން ހާމަ ކުރުމަށްފަހު ވެކްސިން ދޭން ފެށި ނަމަ ރަނގަޅު ވީސް"ކަމަށެވެ.

އާނަންތު ބާން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއެކު، ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ދިރާސާ ކުރުމުގައި މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައި ވިސްނުން މުހިންމު ކަންތައްތަކާ ބެހޭގޮތުން ސިޔާސަތެއް އެކުލަވާލާފަައެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ހިންގަމުންދާ ވެކްސިން ކެމްޕޭނުގައި ބޭނުން ކުރަނީ، އެސްޓްރަރޒެނެކާ އަދި އޮކްސްފޯޑް ޔުނިވަރސިޓީ އިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ އިތުރުން އިންޑިޔާގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ކޯވެކްސިންއެވެ. މި ދެވެކްސިން އިންޑިޔާގައި ބޭނުން ކުރުމަށް ހުއްދަދެވިފައިވީ ނަމަވެސް، ކޯވެކްސިނުގެ ރައްކާތެރި ކަމާބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ވެކްސިންގެ ސައިޑް އެފެކްޓް ކޭސް ތަކެއް ހުށައެޅިފައިވާއިރު، މީގެ ކުރިން ނޯވޭ އިން ވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ސައިޑް އެފެކްޓް ކޭސްތަކެއް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ނޯވޭގައި ސައިޑް އެފެކްޓް ފެނިފައިވަނީ ފައިޒަރ ކުންފުނީގެ ވެކްސިނުން ނެވެ. މިގޮތުން ނޯވޭގެ 29 މީހެއްގެ ފަރާތުން މިހާތަނަށް މިވެކްސިނަށް ސައިޑް އެފެކްޓް ފެނިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ކެކެ

20-Jan-2021

ސައިޑް އިފެކްޓްތަ ނޫނީ 30 މީހުން މަރުވީތަ.. ތެދު މައުލޫމާތު ހާމަ ކުރުން މުހިއްމު . 30 މީހުން ވަނީ މަރުވެފަ..



ޓްރެންޑިން