ޤަވައިދާ ހިލާފަށް ޕާރކް ކޮށްފައިވާ ފުލުހުންގެ ސައިކަލެއް
ޤަވައިދާ ހިލާފަށް ޕާރކް ކޮށްފައިވާ ފުލުހުންގެ ސައިކަލެއް
އަދުގެ ސަރުކާރު ވަނީ އަނިޔާވެރިކަމުން ގޮސް ކޮޅުންލާފައި ކަމަށް ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާއްޓޭ މިހެން ވިދާޅުވީ މަގު ހުރަސްމަތީ ޤަވައިދާ ހިލާފަށް ފުލުހުންގެ ސައިކަލެއް ޕާރކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރަށްވައި އެކަމަަށް އިޝާރާތް ކުރަށްވަމުންނެވެ. މިފޮޓޯއަކީ މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާ ފޮޓޯއެކެވެ.

އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރަށްވާފައިވާ އާއްޓޭ ވިދާޅުވީ އާއްމު ރައްޔިތުމީހާގެ ސައިކަލް އެފަދަ ގޮތަކަށް ބަހައްޓައިފި ނަމަ ޓޯޔާޑަށް ގެންގޮސް ހާހުން ޖޫރިމަނާ ކުރާކަމަށެވެ.

“އާއްމު ރައްޔިތުމީހާގެ ސައިކަލް ޓޯޔާޑަށް ގެންގޮސް ހާހުން ޖޫރިމަނާ ކުރާނީ" އާއްޓޭ ވިދާޅުވެއިވެއެވެ.

ރާއްޖޭގެ ވިޔަފާރީގައި މިހާރު މަޝްހޫރު ލޮޓަސް ފިހާރައިގެ އިސް ވެރިޔާ، އާއްޓޭ އިތުރަށް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޖީބަށް އެރެވުނު ގޮތަކަށް އެރޭނެ ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ޖީބަށް ލުއިކޮށްދޭނެ ކަމަށާއި މި ވެރިކަމުގައި ޕާރކިން އިސްޓިކާ ޖަހައިގެން އާމްދަނީ ނުހޯދާނެ ކަމަށް ވަޢުދުވެގެންނެވެ. ނަމަވެސް މިސަރުކާރު އައިފަހުންވެސް އިސްޓިކާ ޖަހައިގެން ސަރުކާރަށް ބޮޑު އާމްދަނީއެއް ރައްޔިތުންގެ ޖީބުން ނަގަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ގަވާޢިދާ ޚިލާފަށް ޕާކް ކުރުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ ވާ މީހުންނަށް ދަތިވާ ގޮތަށް ޕާކް ކުރުމާއި ޚާއްޞައެހީއަަށް ބޭނުންވާ ފަރާތްތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީވެސް އާންމު ކަމެކެވެ. ދާދިފަހުން މީސްމީޑިޔާގައި ދައުރުވި އެފަދަ ފޮޓޯއަކަށް ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން