ނުޤަވާއިދުން ޕާކްކޮށްފައިހުރި ފުލުހުންގެ ސައިކަލް
ނުޤަވާއިދުން ޕާކްކޮށްފައިހުރި ފުލުހުންގެ ސައިކަލް
މަގު ހުރަސްމަތީ ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުރި ފުލުހުންގެ ސައިކަލް އެ ތަނުގައި ހުންނަން ޖެހުނު ސަބަބު ފުލުހުން މިއަދު އޮޅުން ފިލުވައިދީފިއެވެ.

ފުލުހުން މިއަދު ބުނީ އެ ފޮޓޯއަކީ ޖެނުއަރީ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމަރޖެންސީ ހާލަތެއްގައި ސައިކަލް ޕާރކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ކަަމަށެވެ.



އަދި އެހާދިސާގައި މީހާގެ ހެދުމުގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގަވާޢިދާ ޚިލާފަށް ޕާކް ކުރުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ ވާ މީހުންނަށް ދަތިވާ ގޮތަށް ޕާކް ކުރުމާއި ޚާއްޞައެހީއަަށް ބޭނުންވާ ފަރާތްތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީވެސް އާންމު ކަމެކެވެ. ދާދިފަހުން މީސްމީޑިޔާގައި ދައުރުވި އެފަދަ ފޮޓޯއަކަށް ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

އިސްމައިލް

21-Jan-2021

ސެލިއުޓް



ޓްރެންޑިން