ޕާކިސްތާނުގައި ޓިކްޓޮކް ވީޑިޔޯއެއް ކުޅެން އުޅެނިކޮށް ރޭލަކުން ޖެހި ޒުވާނަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި ހަމްޒާ ނަވީދް މި އެކްސިޑެންޓްވީ، ރޭލު ދަތުރު ކުރާ މަގުގައި ހުރެ ސްޓަންޓެއް ޖައްސައި އެމަންޒަރު ޓިކްޓޮކް އަށް ވީޑިޔޯ ކުރަމުން ދަނިކޮށެވެ. އަދި މިހާދިސާ ހިނގާދިޔައިރު، އުމުރުން 18 އަހަރުގެ ހަމްޒާ ނަވީދް ގެ ސްޓަންޓް ވީޑީޔޯ ކުރުމުގައި އޭނާގެ ރައްޓެސަކު ހަރަކާތްތެރިވަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ރަވަލްޕިންޑީ ސިޓީ ކައިރީގައި އޮންނަ ޝާހް ޚާލިދު ކޮލޮނީގައި ދިމާވި މިހާދިސާ އާއި ގުޅިގެން އެހީތެރިވުމަށް ދިޔަ ރެސްކިއު ޓީމް ދިޔައިރުވެސް ހަމްޒާ ނަވީދް އޮތީ މަރުވެފައި ކަމަށް ރެސްކިއުޓީމުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ މަރުވީ ރޭލު ދުއްވާމަގުގައި ހުއްޓި ހުރެ ވީޑީޔޯ ނަގަނިކޮށް ދުއްވާފައި ދިޔަ ރޭލަކުން ޖެހިގެންކަމަށް ހަމްޒާ ނަވީދުގެ ރައްޓެހިންނާއި ހަވާލާދީ ރެސްކިއު ޓީމުން ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޕާކިސްތާނުގައިވެސް ޒުވާނުން މީސްމީޑިޔާ އަށް ވީޑިޔޯ އާއި ފޮޓޯ ލަމުން ދާކަމަށާއި، އަދި އެކަކަށް ވުރެއް އަނެކެއްގެ ފޮޓޯ އާއި ވީޑިޔޯ ރީތި ކުރުމުގެ ވާދަ ވެރިކަން އޮންނަ ކަމަށެވެ. އަދި މިފަދައިން ފޮޓޯ އާއި ވީޑިޔޯ ނެގުމުގައި އެއްވެސް ރައްކާތެރިކަމެއް ނެތި ސްޓަންޓް ޖައްސަމުންދާކަންވެސް ޕާކިސްތާނުގެ ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން