ފައިޒަރ ކުންފުނިން އަދި އެސްޓްރަރޒެނެކާއިން އުފައްދާފައިވާ ކޯވިޑް ވެކްސިން ލިބުން ލަސްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް އިޓަލީގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
އިޓަލީގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން އުފައްދާފައިވާ ދެކުންފުނި ކަމަށްވާ ފައިޒަރ ކުންފުންޏާއި އެސްޓްރަރޒެނެކާއިން ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް ވާނެކަމަށް ދެކުންފުނިންވެސް އަންގާފައިވާތީއެވެ.
މިދެކުންފުނިން ބުނެފައިވަނީ، އީޔޫގެ ގައުމުތަކާއެކު ވެކްސިން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅެނީ ވެކްސިން އުފެެއްދުމުގައި ގޮންޖެހުންތަކެެއް ކުރިމަތިވެފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ މިއީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމަށާއި، އަދި މިއީ އެއްބަސްވުމާއި ހިލާފުވުން ކަމަށާއި، އަދި މިގޮތައް ވެކްސިން ފޯރުކޮށްދިނުމުގައި އިތުރަށް ލަސްވާނަމަ ވެކްސިން ހޯދުމުގައި އެހެން ގޮތެއް ހޯދުމަށް ވިސްނަން ޖެހިދާނެކަމަށެވެ.
ފައިޒަރ ކުންފުނިން އީޔޫގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭނެކަމަށް އަންގައިފައިވަނީ ހުސްވިހަފްތާގައެެވެ. އަދި މިއީ ވެކްސިން އުފެެއްދުމަށް ނުވަތަ މެނުފެކްޗަރ ކުރުމަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.
ފައިޒަރ ކުންފުނީގެ މިއެންގުމަށްފަހު އިޓަލީގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާގޮތުން، ފައިޒަރ ކުންފުނިން މިހަފްތާގައި އިޓަލީއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވެކްސިނުގެ އަދަދުން 29 އިންސައްތަ ވަނީ މަދުވެފައެވެ.
މީގެއިތުރުން، އެސްޓަރަރޒެނެކާ ކުންފުނިންވެސް އީޔޫގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭނެކަމަށް، އެކުންފުނީގެ ތަރުޖަމާނަކު މިދިޔަ ހުކުރު ދުވަހު ހާމަކޮށްފައިވެއެވެ. މިގޮތުން އީޔޫގެ ގައުމުތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓަރަރޒެނެކާ ކުންފުނިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވެކްސިނުގެ އަދަދުގެ ތެރެއިން 60 އިންސައްތަ މަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެސްޓަރަރޒެނެކާ ކުންފުނިން ކޮވިޑުން ރައްކާތެރި ވުމަށް އުފައްދާފައިވާ މިވެކްސިން ބޭނުން ކުރުމަށް އީޔޫއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. މިވެކްސިން ބޭނުންކުރުމަށް އީޔޫއިން ހުއްދަދިނުމަށް ހަމަޖެހިފައިވަނީ މިމަހު ފަހުކޮޅުއެވެ.
އީޔޫގެ ގައުމުތަކުން ވެކްސިން ގަތުމަށް ފައިޒަރ ކުންފުންޏާއި، އެސްޓްރަރޒެނެކާ ކުންފުންޏާއެކު ބޮޑެތި އެއްބަސްވުންތަކެއް ވެފައިވެއެވެ. އަދި މިދެ ކުންފުނިން ވެކްސިން ފޯރުކޮށްދިނުމަަށް ލަސްތަކެއް ކުރިމަތިވުމާއެކު، ރަޝިޔާގެ ވެކްސިން ސްޕަޓްނިކްވީ ހޯދުމަށްވެސް އީޔޫގެ ބައެއް ގައުމުތަކުން ވަނީ މަސައްކަތްފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު