ބަންގްްކަދޭޝްގެ ބޮޑުވަޒީރު ހަސީނާ އަދި ރައީސް ޞާލިޙް
ބަންގްްކަދޭޝްގެ ބޮޑުވަޒީރު ހަސީނާ އަދި ރައީސް ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަށް މިއަދު ފޯނުން ގުޅުއްވައި ޝުކުރު އަދާ ކުރަށްވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަށް ގުޅުއްވައި، ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެސް ދިނުމަށް ވެދެއްވި އެހީތެރިކަމާއި، ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދިން ދީލަތި އެހީތަކަށް އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި ފޯނުން ގުޅުއްވައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ކޯވިޑް-19 ގެ ޙާލަތު ދެޤައުމުގައި މިހާރުއޮތް މިންވަރާއި، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދެޤައުމުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވައި، އެއްޤައުމުން އަނެއްޤައުމަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ މެދު ދެ ލީޑަރުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް ހޫދު މިއަދު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ބަންގްލަދޭޝް އިން ވަނީ އެ ޤައުމާއި ނޭޕާލްގައި ތާށިވެފައި ތިބި 71 ދިވެހިން އެޤައުމުގެ އެއަރފޯސްގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްދީފައެވެ.

އަދި ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ ފޮނުވާދީފައިވާއިރު، އެ ގައުމުން ރާއްޖެއަށް ދިން ހަދިޔާގެ ތަކެތި ހިފައިގެން އެޤައުމުގެ އަސްކަރީ މަނަވަރެއް މިއަދު ވަނީ ރާއްޖެއައިސްފައެވެ. 100 ޓަނުގެ މިހަދިޔާގެ ޝިޕްމަންޓުގައި ސިއްޙީ ސާމާނާއި، ކާބޯތަކެއްޗާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢަސްލަމު ހަސަނު

23-Apr-2020

ދެގައުމުން ތިބަހައްޓަވާ ގާތް ގުޅުމަށް ފަށްފަށުން ސުކުރު ދަންނަވަން,,,



ޓްރެންޑިން