ސިނެޓަރ ބަރނީ ސެންޑަރޒްގެ މީމް ގެ މައްޗަށް ތައްޔާރުކުރެވުނު ޓީޝާޓު.
ސިނެޓަރ ބަރނީ ސެންޑަރޒްގެ މީމް ގެ މައްޗަށް ތައްޔާރުކުރެވުނު ޓީޝާޓު.
މިމަހު 21 ވަނަ ދުވަހު އެމެރިކާގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުން އާންމުވި ސިނެޓަރ ބަރނީ ސެންޑަރޒްގެ މީމް ޗެރިޓީ އަކަށް ބަދަލުވެއްޖެއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ފިނިހެދުމުގައި އިން އެމެރިކާގެ ސިނެޓަރ ބަރނީ ސެންޑަރޒް އިށީނދެ އިން ގޮތާއި، އަތުގައި އޮތް އަންގި ވެގެން ދިޔައީ ގިނަ ބަޔަކު ލޮލުގައި އަޅައިގަތް އެއްޗަކަށެވެ. މިއާއެކު ސިނެޓަރ ބަރނީ ސެންޑަރޒް އިށީނދެ އިންގޮތަށް މީމް އެއް ހެދި ދައުރުވާންވެސް ފެށުނެވެ.

ނަމަވެސް މި މީމް ބަދަލުވެގެން ދިޔައީ ޗެރިޓީއަކަށެވެ. ސިނެޓަރ ބަރނީ ސެންޑަރޒް، އެމެރިކާގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިށީނދެ އިންގޮތާމެދު ހެދުނު މީމް، މިހާރު މިވަނީ އަތްދިގު ޓީޝާޓެއް (ސްވެޓްޝާޓެއް)ގައި، ޖަހައި، އެވިއްކަން ފަށާފައެވެ. އަދި މި ޓީޝާޓު ވިއްކައިގެން އެއިން ލިބޭ ލާރި ޑޮނޭޓް ކުރާނީ ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޕްރޮގްރާމެއް ކަމަށްވާ މީލްސް އޮން ވީލްސް ވާމޮންޓްއަށް ކަމަށް ބަރނީ ސެންޑާރޒްގެ ކެމްޕޭނު ސްޓޯރުން ހާމަކޮށްފައިވެއެވެ.

ސިނެޓަރ ބަރނީ ސެންޑަރޒްގެ މީމް އިން ހެދުނު މިޓީޝާޓު ވިއްކަނީ 45 ޑޮލަރަށެވެ. ނަމަވެސް މިޓީޝާޓު ވިއްކަން ފެށިތާ މާގިނަދުވަހެއް ނުވާއިރު، ބަރނީ ސެންޑާރޒްގެ ކެމްޕޭނު ސްޓޯރުން މިޓީޝާޓު މިވަނީ ވިކި ހުސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން