އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ މެރީނާ ޓެކްސް ކުންފުނިން، މަހުގެ ހުޅުނބާއި ހަމުގެ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ޕްލާސްޓިކް އުފައްދަން ފަށައިފިއެވެ.
އުމުރުން 24 އަހަރުގެ ލޫސީ ހިއުގެ މެރިނާ ޓެކްސް ކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި ޕްލާސްޓިކް އުފައްދާ ކުންފުންޏެކެވެ. މިގޮތުން މިކުންފުނިން އުފައްދާފައިވާ ބަޔޯ ޕްލާސްޓިކް އަކީ ގޭގައިވެސް ނައްތާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކެވެ. އަދި މިބަޔޯ ޕްލާސްޓިކް އުފައްދާފައިވަނީ މަހުގެ ބޭނުން ނުކުރާ ބައިތައް ނުވަތަ މަހުގެ ކުނި ބުނި ބޭނުންކޮށްގެންނެވެ.
މިކުންފުނީގެ މައިގަނޑު މަގްސަދަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި ޕްލާސްޓިކް އުފެއްދުމެވެ. މިގޮތުން މިހާރު އާންމުކޮށް ބޭނުން ކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކޮށްގެން ތަކެތިބަންދުކުރުމުގެ ބަދަލުގައި ބަޔޯ ޕްލާސްޓިކް ބޭނުންކޮށްގެން ފެނާއި ކާބޯތަކެތި ބަންދުކުރެވޭނެ ނިޒާމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މެރިނާ ޓެކްސް ކުންފުނިން ހާމަކޮށްފައިވެއެވެ.
މަހުގެ ބޭނުން ނުކުރާ ބައިތައް ނުވަތަ މަހުގެ ކުނިބުނި ބޭނުންކޮށްގެން އުފައްދާފައިވާ މިބަޔޯ ޕްލާސްޓިކް ފުރަތަމަ ލޫސީ އުފައްދާފައިވަނީ އޭނާގެ ޔުނިވަރސިޓީގެ ފަހު އަހަރުގެ އެސައިންމެންޓެއްގެ ގޮތުގައެވެ. މިގޮތުން ފުރަތަމަ މި ޕްރޮޖެކްޓް ލޫސީ ފެށީ މަސް ފެކްޓްރީ އަކުންނެވެ. މިމަސައްކަތުގައި ފުރަތަމަ ދަސްކުރީ މަހުގެ އުކާލާ ބައިތައް ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ލޫސީ ބުނެފައިވެއެވެ.
މިއާއެކު މަހުގެ އުކާލާ ބައި މަދުކުރުމަށް ކުރެވުނު ދިރާސާ އާއެކު މަހުގެ ހުޅުނބާއި މަހުގެ ހަން ބޭނުންކޮށްގެން ބަޔޯ ޕްލާސްޓިކް ވުޖޫދައް ގެނެވުނީކަމަށް ލޫސީ ހާމަކޮށްފައިވެއެވެ. ވިޔަފާރި އުސޫލުން ބަޔޯ ޕްލާސްޓިކް އުފައްދަން ކުންފުންޏެއް އުފައްދާފައިވަނީ، 2050 ވަނަ އަހަރާއި ހަމައަށް ކަނޑުގައި ދިރިއުޅޭ މަހުގެ ބާވަތްތަކަށްވުރެ ކަނޑުގައި ޕްލާސްޓިކް އެކުލެވޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ލިޔުމަކާއި ގުޅިގެން ކަމަށް ލޫސީ ބުނެފައިވެއެވެ.
މިކުންފުނީގެ މަސައްކަތް ރަސްމީކޮށް ވުޖޫދައް އައިސްފައިވަނީ 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު