މާލެ
މާލެ
މާލޭ ގެއެއްގެ 4 ވަނަ ފަންގިފިލާއިން މަގުމައްޗަށް މީހަކު ވެއްޓިއްޖެއެވެ.

ސަބުދެލި މަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މިރޭ 7:45 ހާއިރު އެވެ. އެމީހާ ވެއްޓުނީ އެ މަގުގައި ހުންނަ ރޭވަން ކިޔާ ގެއެއްގައި ހިންގަމުން ދިޔަ ގެސްޓުހައުސް އަކުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން