ރަމަޟާން މަހަށް ހަނދު ސާބިތު ކުރުުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ރަސްމީ ބައްދަލުވުން މިރޭ 8:30 ގައި އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާ ޓީވީން ދުރަށް ދައްކާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް މިއަދު ހަވީރު 6:00 އިން ރޭގަނޑު 7:30 އާ ހަމައަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެއެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ.
ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާނީ އަަންނަ ހުކުރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު