ސްރީލަންކާގައި ކޮވިޑް ސިރަޕް ޕްރޮމޯޓް ކުރި ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓަރ، ޕަވިތުރަ ވަނިއަރައްޗި ކޮވިޑަށް ޕޮޒިޓިވް ވުމުގެ ކުރިން މަޝްހޫރު ވެފައިވަނީ، ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ހާބަލް ސިރަޕެއް ޕްރޮމޯޓުކުރުމުގައެވެ. މިގޮތުން މި ސިރަޕް ތައްޔާރުކުރި ޝާމަން އާއި ހަވާލާދީ މިއީ ކޮރޯނާ ވައިރަހާއި ދެކޮޅަށް މުޅި އުމުރަށް ރައްކާތެރިވެވޭނޭ ސިރަޕެއް ކަމަށްވެސް ސްރީލަންކާގެ ހެލްތު މިނިސްޓަރު ވަނީ ދަޢުވާ ކޮށްފައެވެ.

އަދި މި ކޮވިޑް ސިރަޕް ޕްރޮމޯޓް ކުރުމަށް ސްރީލަންކާގެ ހެލްތު މިނިސްޓަރ ވަނީ މި ސިރަޕް ބޭނުން ކުރާ މަންޒަރުވެސް އާންމުކޮށް ދައްކާލާފައެވެ.

ރައްކާތެރިކަމަށް ހާއްސަ މި ބޭސް ތައްޔާރުކޮށްފައިވަނީ މާމުޔާއި ނަޓްމެގް ބޭނުންކޮށްގެނެވެ. މިތައްޔާރުކުރި ޝާމަން ބުނެފައިވާގޮތުން، އޭނާ އަށް މި ބޭސް އުފައްދަން ހިޔާލު ލިބުނީ ފެނުނު ހުވަފެނަކުންނެވެ. ނަމަވެސް މިއީ ރައްކާތެރި ބޭހެއް ނޫންކަމަށް ސްރީލަންކާގެ ސިއްޙީ މާހިރުން ވަނީ ހާމަކޮށްފައެވެ.

ސްރިލަންކާގެ ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ސްރީލަންކާގައި ކޮވިޑަށް ޕޮޒިޓިވް ވި މިނިސްޓަރުން ގެ އަދަދު 4 އަށް އެރީއެވެ. ސްރީލަންކާގެ ހެލްތު މިނިސްޓަރު ޕޮޒިޓިވްވެފައިވާކަން އިއުލާން ކޮށްފައިވާއިރު، ސްރީލަންކާގެ ސަރުކާރުން މިހާރުމިވަނީ ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާއިން އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަވެސް ދީފަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން