މުސްލިމުންނަށް އަމާޒުކޮށްގެން ހަމަލާދޭން ތައްޔާރުވަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުދަ ދުވަހު ބުނެފިއެވެ.
އުމުރުން 16 އަހަރުގެ މި ޒުވާނާ އަކީ އިންޑިޔާ ނަސްލުގެ ކްރިސްޓިއަނެކެވެ. އޭނާ ހައްޔަރުކުރީ ދެ މިސްކިތަކަށް ހަމަލާދޭން ތައްޔާރުވަމުން ދާހަބަރު ލިބުމާއެކުއެވެ. މިޒުވާނާ ހައްްޔަރު ކުރެވުނު އިރު އޭނާ ތައްޔާރުވަމުންދިޔައީ 2019 ވަނަ އަހަރު ކްރިސްޓްޗާޗުތަކަށް ދެވުނު ހަމަލާ އާއި ގުޅުވައިގެން ހަމަލާ ދޭން ކަމަށް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ހާމަކޮށްފައިވެއެވެ.
"ސެކަންޑަރީ ގްރޭޑެއްގައި ކިޔަވަމުންދިޔަ މިދަރިވަރު ވަނީ ޓެރަރިސްޓު ހަމަލާ ދިނުމަށް އެތައް ޕްލޭން ތަކެއް ހަދައި ވަރަށް ބޮޑަށް ތައްޔާރުވެފަ. އޭނާ ހަމަލާދޭން އުޅުނީ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން. އޭނާ ހަމަލާ ދޭން ރާވައިފައިވަނީ މުސްލިމުންނާ ދެކޮޅަށް ސިންގަޕޫރުގެ ދެ މިސްކިތަކަށް." މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
ސިންގަޕޫރަކީ ޓެރަރިޒްމް އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އެޅުމަށް ގާނޫނީ އޮނިގަނޑު އެކުލަވާލާފައިވާ ގައުމެކެވެ. މިގޮތުން މިޒުވާނާ ހައްޔަރުކޮށްފައިވަނީ ސިންގަޕޫރުގެ ޓެރަރިޒްމް އާއި ދެކޮޅަށް ހެދިފައިވާ އައި.އެސް.އޭ ގާނޫނުގެ ދަށުންނެވެ. މިގާނޫނުގެ ދަށުން އެއްވެސް ޝަރިއްޔަތަކާއި ނުލައި ޓެރަރިޒްމްގެ ކުށުގައި މީހުން ހައްޔަރުކޮށް ބޭތިއްބުމުގެ ބާރުލިބިގެންދެއެވެ.
ސިންގަޕޫރުން ހައްޔަރު ކުރެވުނު މިޒުވާނާ ދޭން އުޅުނު ޓެރަރިސްޓު ހަމަލާ އަށް ތައްޔާރުވުމުގެ ގޮތުން ޓެރަރިޒްމް ގްރޫޕެއް ކަމަށްވާ އައިސިސްގެ ޕްރޮޕެގަންޑާ ވީޑިޔޯތައް ބަލައިފައިވާކަމަށްވެއެވެ. އަދި އޭނާގެ އަމަލުތަކުންނާއި ވިސްނުމުގައި މުސްލިމުންނާއި ދެކޮޅަށް ހަރުކަށިވެ އަނިޔާވެރިވުމުގެ ރޫހް އުފެދިފައިވާކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު