މާޝާ މިދުހަތު   29 ޖެނުއަރީ 2021 - 15:24
ކޮވިޑުން ރައްކާތެރިވުމަށް ސްރީލަންކާގައި ވެކްސިން ދޭން ފަށައިފިއެވެ.

ސްރީލަންކާގައި ވެކްސިން ދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. މިވެކްސިން ދިނުމުގައި ހަރަކާތްތެރިވަނީ ސްރީލަންކާގެ ހަ ހޮސްޕިޓަލަކުންނެވެ.

ސްރީލަންކާގައި ވެކްސިން ދިނުމުގެ ކެމްޕޭން މިއަދު ފަށާފައިވަނީ އިންޑިޔާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކޮށްގެންނެވެ. އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެކްސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެކެވެ. 

ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިވެކްސިނުގެ ފަސްލައްކަ ޑޯޒް އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކޮށްފައިވެއެވެ.

ސްރިލަންކާގައި ވެކްސިން ދިނުމުގައި ފުލުހުންނާއި، ސިފައިންނާއި، އިސްސަފުގައި މަސައްކަތްކުރާ އެހީތެރިންނަށް އިސްކަން ދިނުމަށް ހަމަޖެހިފައިވެއެވެ. މިވެކްސިން ކެމްޕޭނުގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ޑރ. އާނަންދު ވިޖޭވިކްރަމާ ނަމަކަށް ކިޔުނު ޑޮކްޓަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން