ކޮވިޑުން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގަވާއިދުކާއި ހިލާފުވެގެން ތައިލެންޑުގައި ފަތުރުވެރިންތަކެއް ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ ފުލުހުން 89 ފަތުރުވެރިން ހައްޔަރުކޮށްފައިވަނީ ރިސޯޓެއްގެ ބާ އެއްގައި ކުރިއަށްދިޔަ ޕާޓީއެއް ހުއްޓުވުމަށް ފަހުގައެވެ. މި ފަތުރުވެރިންގެ ތެރޭގައި ތައިލެންޑަށް ނިސްބަތްވާ 22 ފަތުރުވެރިން ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލައިގައި ޕާޓީ ރާވާ ހިންގައި ރާވިއްކި ފަރާތްތަކާއި ދެކޮޅަށް ކުއްލި ހާލަތުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލާނެކަމަށް ތައިލެންޑުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. ތައިލެންޑުގައި ކުއްލި ހާލަތުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި ހިލާފުވެއްޖެނަމަ ދެ އަހަރުގެ ޖަލު ހުކުމެއް ނުވަތަ 1330 ޑޮލަރުން ޖޫރިމާނާ ކުރެވޭނެއެވެ.
ތައިލެންޑުގެ ފުލުހުން ހައްޔަރުކޮށްފައިވާ 89 ފަތުރުވެރިންގެ ތެރޭގައި ފްރާންސް އިނގިރޭސިވިލާތް އަދި އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިން ހިމެނެއެވެ. މިޕާޓީން ހައްޔަރުކޮށްފައިވާ ބޭރުގައުމުތަކުގެ ފަތުރުވެރިންނަކީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އެގައުމުގައި ތާށިވެފައި ތިބި މީހުންކަމަށްވެއެވެ.
ނަމަވެސް ހައްޔަރު ކޮށްފައިވާ ގިނަ ފަރާތްތައް ޖޫރިމާނާ ކުރުމަށްފަހު ވަގުތީގޮތުން ދޫކޮށްލެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ތައިލެންޑުގެ ފުލުހުންނަށް މިޕާޓީގެ މައުލޫމާތު ލިބިފައިވަނީ ޕާޓީގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފެށުމާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު