ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން ފެންނަމުން އަންނަ އައު ހަމުގެ މައްސަލައަކީ "އެސިމްޕްޓޮމެޓިކް" މީހުންގެ ކިބައިން ފެންނަ އަލާމާތެއްކަމަށް ބެލެވޭކަމުގައި އެމެރިކާގައި ހުންނަ ނޯރތްވެސްޓަރން ޔުނިވަރސިޓީއިން ބުނެފިއެވެ.
ޑަބްލިއުބީއެންއެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ނުރަސްމީކޮށް، "ކޯވިޑް ޓޯސް"ގެ ނަމުން ނަންދެވިފައިވާ މި ހަމުގެ މައްސަލައަކީ ފައިގެ އިނގިލިތަށް ދުޅަވެ، ތަދާއެއްކޮށް އިނގިލިތަށް ރަތް ނުވަތަ ނޫވެ ފާރުވުމަށް މެދުވެރިވާ މައްސަލައެކެވެ. އަދި ބައެއް ފަހަރު އަތުގެ އިނގިލިތަކަށް ވެސް މި މައްސަލަ ދިމާވެއެވެ.
ނޯތްވެސްޓަރން ޔުނިވަރސިޓީ މެޑިސިންގެ ފައިންބަރގް ސްކޫލް އޮފް މެޑިސިންގެ ވެރިޔާ އަދި ހަމުގެ ހާއްސަ ޑޮކްޓަރެއްކަމަށްވާ، ޑރ. އޭމީ ޕޭލަރ ވިދާޅުވީ ވަރަށް ގިނަ މީހުންގެ ފަރާތުން މިފަދަ ހަމުގެ މައްސަލައެއް ފެނިފައިވާކަމަށާއި، މިކަންތައް ގިނައިން ފެންނަނީ ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ފަރާތުންކަމަށެވެ. ޑރ. ޕޭލަރ ވިދާޅުވީ މިގޮތަށް ރަތްވެ ދުޅަވާ ހިސާބުތަކުގައި ރިއްސާ ކަމަށާއި، ބައެއް ފަހަރު ހިރުވާ ކަމުގެ ޝަކުވާތައް ވެސް ލިބޭކަމަށެވެ.
އިޓަލީ، ސްޕެއިން އަދި ފްރާންސުންވެސް ސައިންސްވެރިންނަށް މިފަދަ ކޭސްތަކެއް ފެނިފައިވާކަމަށް ސްޕެއިންގެ ޖެނެރަލް ކައުންސިލް އޮފް އޮފިޝަލް ކޮލެޖަސް އޮފް ޕޮޑިއަޓްރިސްޓްސުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވާއިރު ޑރ. ޕޭލަރ ވިދާޅުވީ ތަހުލީލުތައް ކުރުމުގައި ހުރި ތާށިކަމުގެ ސަބަބުން މިއީ ޔަގީނުންވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަމެއްކަމަށް ބުނެވޭކަށް ނެތްކަމަށާއި، އެހެންނަމަވެސް މިކަންތައް ފެންމަތިވެފައި މިވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ކަމުން ބޮޑަށް ޝައްކުކުރެވެނީ މިއީ ބައްޔާއި ގުޅުންހުރި އަލާމާތެއް ކަމަށެވެ.
ޑރ. ޕޭލަރ އިތުރަށް ވިދާޅުވީ މި މައްސަލައަކީ ފިނީގެ ސަބަބުން ޖެހޭ "ޕާރނިއޯ" ނަމަކަށް ކިޔާ ހަމުގެ ބައްޔަކާ ގުޅިގެން ދިމާވާ މައްސަލައަކާ ގުޅޭކަމެއްކަމަށް ބަލާބެލުމުގައި ހީވިނަމަވެސް، ކޯވިޑް ޓޯސްގައި އިނގިލީގެ ފާރުވާ ސަރަހައްދު މާބޮޑުކަމަށާއި، ޕާރނިއޯއާއި ޚިލާފަށް ކޯވިޑް ޓޯސްގައި އިނގިލީގެ ދަށްފުށް ވެސް ބައެއްފަަހރު ފާރުވާކަމަށެވެ.
ދުނިޔޭގައި މިހާތަނަށް 2.6 މިލިއަނަށް ވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ގިނަ މީހުންނަކީ ވަރަށް އާދައިގެ އަލާމާތްތަކެއް ދައްކާބައެކެވެ. އަދި ގިނަ ބަޔަކަށް އެއްވެސް އަލާމާތެއް ނުފެންނައިރު، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާއިގުޅިގެން "ވަހާއި ރަހައިގެ ހިއްސު ކެނޑުން" ފަދަ ބަލީގެ އެހެނިހެން އާދަޔާ ޚިލާފު އަލާމާތްތައްވެސް އަންނަނީ ދަސްވަމުންނެވެ.
ޑރ. ޕޭލަރ ވިދާޅުވީ، ކޯވިޑް ޓޯސް ފެނުނަސް ބެލެނިވެރިން ހާސްވެ އަވަސްވެގަތުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި، ކޯވިޑް-19ގެ އިތުރު އަލާމާތެއް ނުފެންނަހާ ހިނދަކު ޓެސްޓުކުރުމައިގެން އަވަސްވެގަތުމަކީ، ޓެސްޓުކުރުމަށް ކޮންމެހެން ބޭނުންވެފައިތިބި ފަރާތްތަކަށް ދަތިތަކެއް ދިމާވެދާނެކަމެއް ކަމަށެވެ. އޭގެއިތުރުން، ހަމުގެ މިމައްސަލަ ދިމާވާ ފަރާތްތައް ފުދޭވަރަކަށް އަވަހަށް މިކަމުން ސަލާމަތްވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ޑރ. ޕޭލަރ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު