ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރަޝިޔާގެ ޖުމްލަ އާބާދީގެ ބައި މިލިއަން ދަށަށް ގޮސްފައިވާކަމަށް އެގައުމުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން މިއީ 15 އަހަރަށް ފަހު ރަޝިޔާގެ އާބާދީ ފުރަތަމަފަހަރަށް ދަށަށް ދިޔަ ފަހަރުކަމަށް ރަޝިޔާގެ ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ޖުމްލަ އާބާދީއަށް އައި ބަދަލާއެކުވެސް ރަޝިޔާގެ އާބާދީގައި 146.2 މިލިއަން މީހުން ހިމެނޭކަމަށް ރަޝިޔާގެ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
ރަޝިޔާގައި މިދިޔަ އަހަރު ޖެނުއަރީ މަހާއި ނޮވެމްބަރު މަހާއި ދެމެދު 229،700 މީހުން މަރުވެފައިވެފައިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު މަރުވިމީހުންގެ 13 އިންސައްތަ އިތުރުވުމެކެވެ. ދުވަސްވަރަކީ ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުން ދިޔަ ދުވަސްވަރު ކަމަށްވުމާއެކު މިހާގިނަ މީހުން މަރުވެ ރަޝިޔާގެ ޖުމްލަ އާބާދީ ދަށަށް ގޮސްފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
ރަޝިޔާގައި މިހާތަނަށް 3.8 މިލިއަނަށް ވުރެއް ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާކަން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ކޮވިޑު ޖެހިގެން މަރުވެފައިވަނީ 72،185 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު