ހޮސްޕިޓަލުގެ އެނދުތައްފުރި އެނދު ހުސްކުރުމަށް ކޮވިޑް ޖެހިފައިވާ މީހުން މަރަމުންދާ ކަމުގެ ތުހުމަތު އިޓަލީގެ ޑޮކްޓަރަކަށްކޮށްފިއެވެ.
އުމުރުން 47 އަހަރުގެ ކާލޯ މޮސްކާ ނަމަކަށް ކިޔުނު ޑޮކްޓަރުގެ ހަގީގަތް ފަޅާއަރާފައިވަނީ ވަޓްސްއަޕް މެސެޖުތަކެއް ލީކް ވުމާއެކުއެވެ. އޭނާ މީހުން މެރުމަށް ބޭނުންކޮށްފައިވަނީ ހޭނައްތާބޭހުގެ ފުރާނައަށް ގެއްލުންވާ ވަރުގެ މަތީ ޑޯޒުތަކެކެވެ.
ވަޓްސްއަޕް މެސެޖުތައް ލީކުވުމުގެ އިތުރުން، މިދިޔަ އަހަރު މާރޗް މަހު އޭނާ މަރާލި ދެ ޕޭޝަންޓުންގެ ހަގީގަތް ފަޅާއެރުމާއެކު ތަހުގީގު ނިމެންދެން އޭނާ ވަނީ ގޭބަންދުގައެވެ.
އެނދު ހުސްކުރުމަށް ކޮވިޑް ޖެހިފައިވާ މީހުން މެރުމުގެ އިތުރުން ކާލޯ މޮސްކާ ގެ މައްޗަށް ކޯޓަށް ހުށައެޅޭ ލިޔުންތަކުގައި ހެލްތު ރިކޯޑް ފޭކް ކުރުމުގެ ތުހުމަތު ވެސް ކޮށްްފައިވެއެވެ.
ކާލޯ މޮސްކާގެ ހަގީގަތް ފަޅާއެރިއިރު އޭނާ އަކީ ހޮސްޕިޓަލެއްގެ އެކްސިޑެންޓް އަދި އެމަރޖެންސީ ކަންކަން ބެލުމުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރެކެވެ.
އިޓަލީ ވެގެން ދިޔައީ ކޮވިޑުގެ ބަލިމަޑުކަން ފެތުރިގެން ދިޔަ ގައުމުތަކުން، އެންމެ ގިނަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު އެއްގައުމު ކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު