ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނޭކިޔައިގެން ޖަހަމުންދިޔަ ފޭކު ވެކްސިންތަކެއް ޗައިނާއިން އަތުލައިގަނެފިއެވެ.

މިގޮތުން މިކަމުގައި ހަރަކާތްތެރިވި 80 މީހަކުވެސް ވަނީ އަތުލައިގަނެފައެވެ. އަދި މިމީހުން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނޭކިޔައިގެން ޖަހަމުންދިޔަ ފޭކު ވެކްސިންތަކުގެ 3000 ޑޯޒުވެސް ވަނީ އަތުލައިގަނެފައެވެ.

ޗައިނާގެ ފުލުހުންގެ މަސަައްކަތުން މިހާރުމިވަނީ ޗައިނާގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ފޭކު ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި ބޭނުންކުރަމުންދިޔަ ވެކްސިންތަކާއި މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މީހުން އަތުލައިގަނެފައެވެ. މިކަން ޗައިނާގެ ފުލުހުން ޔަގީން ކޮށްދީފައިވާކަން ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަދި މިފޭކު ވެކްސިންގެ ގޮތުގައި ބޭނުންކުރަމުން ދިޔައީ އާދައިގެ ސެލައިން ކަމަށް ވެސް ޗައިނާގެ އިދާރާތަކުން ވަނީ ޔަގީންކޮށްދީފައެވެ. އަދި މި ފޭކު ވެކްސިން އެގައުމުން ބޭރަށް ފޮނުވަން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިތައްވެސް ލިބިފައިވާކަމަށްވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނޭކިޔައިގެން ޖަހަމުންދިޔަ މިފޭކު ވެކްސިންތަކާއި މިމަަސައްކަތް ހިންގުމުގައި ހަރަކާތްތެރިވެފައިވާ މީހުން ހައްޔަރުކޮށްފައިވަނީ ޗައިނާގައި ވެކްސިނާ ދެކޮޅަށް މަސަައްކަތްކުރަމުންދާ މީހުން އަތުލައިގަތުމަށް ކުރެވެމުންދާ ކެމްޕޭނުގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން