އިންޑިޔާގައި ގަނޑުފެނުން އުފައްދާފައިވާ ފުރަތަމަ ކެފޭ ހުޅުވައިފިއެވެ.
މިކެފޭ ހުޅުވައިފައިވަނީ އިންޑިޔާގެ ކަޝްމީރުގެ ގުލްމާގް ސަރަހައްދުގައެވެ. އިންޑިޔާގައި ފުރަތަމަ ފަހަރަށް ގަނޑުފެން ބޭނުންކޮށްގެން އުފައްދާފައިވާ ކެފޭ އުފައްދާފައިވަނީ އިންޑިޔާގެ ކޮލާހޮއި ގްރީން ގްރޫޕް އޮފް ހޮޓެލްސް އެންޑް ރިސޯޓްސް ގެ ދަށުންނެވެ.
މި އިގްލޫ ކެފޭގެ އެތެރޭގެ އުސްމިނުގައި 12.5 އަކަ ފޫޓު ހުރެއެވެ. އަދި ފުޅާމިނުގައި 22 ފޫޓު ހުރެއެވެ. މި އިގްލޫ ކެފޭގައި އެއްފަހަރާ 16 މީހުންނަށް ހިދުމަތް ދެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އިގްލޫ ކެފޭ ތައްޔާރުކުރުމަގައި 15 ދުވަސް ހޭދަކުރިކަމަށްވެއެވެ. މި ކެފޭ ތެރޭގައި ހުންނަ މޭޒާއި ގޮނޑިވެސް ތައްޔާރުކޮށްފައިވަނީ ގަނޑުފެނާއި ސްނޯ ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު