ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރ ޑރ. އަޒްރާ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރ ޑރ. އަޒްރާ.
ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން، މާދަމާ ޕާކިސްތާނުގައި ޖަހަން ފަށާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ހާމަކުރަށްވަފިއެވެ.

ޕާކިސްތާނުގައި ވެކްސިން ޖެހުމަށް ތައްޔާރުވަމުންދާކަން، ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރ ޑރ. އަޒްރާ ވަނީ އިއްޔެގެ ވަގުތެއްގައި އިއުލާންކުރަށްވާފައެވެ. މިގޮތުން ވެކްސިން ދިނުމުގެ ފުރަތަމަ ފޭސްގައި އިއްސަފުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށާއި ދެވަނަ ފޭސްގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެކްސިން ދިނުމުގެ ތިން ވަނަ ފޭސް ގައި އާންމުކޮށް ވެކްސިން ދިނުމަށް ފަށާނެކަމަށްވެސް ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރ ޑރ. އަޒްރާ ވިދާޅުވެފައިވެއެވެ. މިފޭސް ގައި ވެކްސިން ދިނުމަށް އިތުރު ސެންޓަރުތައް ގާއިމުކުރެވިގެން ދާނެކަމަށްވެއެވެ.

ޕާކިސްތާނުގައި ވެކްސިން ދިނުމަށް ބޭނުން ކުރަން ހަމަޖެހިފައިވަނީ ޗައިނާގެ ސިނޮފާމް ކުންފުނީގެ ވެކްސިނެވެ. ޗައިނާގެ ސިނޮފާމް ވެކްސިނުގެ ފުރަތަމަ ޝިޕްމަންޓް ޕާކިސްތާނަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއާއެކު ޕާކިސްތާނު ވެގެން ދަނީ ޗައިނާއިން ދެކުނު އޭޝިޔާގެ ގައުމަކަށް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން