ކޮވިޑުން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވާސިޓީއިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ފުރަތަމަ ޑޯޒުން އެކަނިވެސް 76 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާއިން ދައްކައިފިއެވެ.
މިކަމާގުޅިގެން އޮކްސްފޯޑު ޔުނިވާސިޓީއިން ބުނެފައިވަނީ ވެކްސިނުގެ ތަހުލީލުތަކަަށް ބިނާކޮށް ވެކްސިނުގެ ފުރަތަމަ ޑޯޒުގެ ރައްކާތެރިކަން 76 އިންސައްތައަށް ދައްކާފައިވާއިރު، ފުރަތަމަ ޑޯޒުގެ ރައްކާތެރިކަން ތިން މަސް ދުވަހަށް ދެމިގެންދާނެ ކަމަވެ. މިގޮތުން ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާތާ 22 ދުވަހާއި 90 ދުވަހާއި ދެމެދު ވެކްސިނުގެ ރައްކާތެރިކަން ދެމިގެންދާނެ ކަމަށް މި ދިރާސާއިން ދައްކައެވެ.
ވެކްސިނުގެ އާ ޑާޓާ އާއެކު ކުއްލި ހާލަތުގައި ވެކްސިން ބޭނުންކުރުމަށް އިތުރުގައުމުތަކުން ހުއްދަލިބިގެންދާނެކަމަށް އޮކްސްފޯޑުގެ ވެކްސިން ތަހުލީލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ އެންޑްރިއު ޕޮލަރޑް ބުނެފައިވެއެވެ.
މިއީ އިންފްލުއެންޒާ، އެބޯލާ، މެލޭރިޔާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާއި ވާދަކުރެވޭވަރުގެ ނަތީޖާއެއްކަމަށް އޮކްސްފޯޑު ޔުނިވާސިޓީއިން ބުނެފައިވެއެވެ.
ވެކްސިނުގެ ރައްކާތެރިކަން ކިހާދުވަހަކަށް ދެމިގެން ދާނެކަމާބެހޭގޮތުން ކޮށްފައިވާ ތަހުލީލުތަކުގެ ނަތީޖާ މިހާރު ވަނީ ޕްރީޕްރިންޓްސް ދަ ލާންސެޓްގައި ޝާއިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު