ކޮވިޑުން ރައްކާތެރިވުމަށް މޮޑަރނަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ރައްކާތެރިކަން ގިނަ އަހަރުތަކަކަށް ދެމިގެން ދާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ވާޗުއަލް އިވެންޓެއްގައި ވާހަކަދައްކަވަމުން މޮޑަރނަރ ކުންފުނީގެ ސީއީއޯ ސްޓެފަން ބަންސެލް ވަނީ މިކަން ޔަގީންކޮށްދެއްވާފަައެވެ.
"ވެކްސިނުގެ ރައްކާތެރިކަން ދިގުދެމިލައިގެން ދާނީ ކިހާދުވަހަށްކަން ނޭގިއޮތުމުގެ ބިރުވެރިކަން މިހާރު ހިނގައްޖެ. އަހަރުމެން ގަބޫލުކުރާގޮތުގައި ވެކްސިނުގެ ރައްކާތެރިކަން ގިނަ އަހަރުތަކަކަށް ދެމިގެންދާނެ." މޮޑަރނަރ ކުންފުނީގެ ސީއީއޯ ސްޓެފަން ބަންސެލް ބުނެފައިވެއެވެ.
މީގެއިތުރުން މޮޑަރނަރ ކުންފުނީގެ ވެކްސިން، ކޮވިޑުގެ އެހެން ވޭރިއަންޓްތަކުންވެސް ރައްކާތެރިކޮށްދޭނެކަން އަންގައިދިނުމުގެ ތަހުލީލުތަށް ކުރަމުންދާކަމަށް އެކުންފުނިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
މޮޑަރނަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނުގެ ރައްކާތެރިކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުއެވެ. މިގޮތުން މިވެކްސިނަކީ 94.1 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާއިން ދައްކާފައިވެއެވެ. އަދި މިހާރު މިވަނީ މިވެކްސިނުގެ ރައްކާތެރިކަން ގިނަ ދުވަސްތަކަކަށް ދެމިގެން ދާނެކަމަށްވެސް ހާމަކޮށްފައެވެ.
މޮޑަރނަރ ކުންފުނީގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަދެވިފައިވާ ގައުމުގަކުގެ ތެރޭގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތު ހިމެނެއެވެ. މިއާއެކު މިދެގައުމުގައި މޮޑަރނަރ ކުންފުނީގެ ވެކްސިން ބޭނުން ކުރެވެން ފަށައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު