ކޮވިޑުން ރައްކާތެރިވުމަށް ބަންގްލަދޭޝްގައި ވެކްސިން ދޭންފަށައިފިއެވެ.
މިދިޔަ އާއްދީތަ ދުވަހު ބަންގްލަދޭޝްގައި ފެށި ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބޭނުން ކުރަނީ އިންޑިޔާއިން އުފަށްދާ ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިން ކެމްޕޭނުގެ ދަށުން ފުރަތަމަ މަހު ބަންގްލަދޭޝްގެ އާބާދީގެ 3.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.
މިވެކްސިން ޖެހުމުގެ ކެމްޕޭނުގައި ބޭނުންކުރުމަށް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްއިން އުފައްދާ ކޮވިޝީލްޑް ވެކްސިނުގެ 30 މިލިއަން ޑޯޒު ހޯދުމަށް ބަންގްލަދޭޝްއިން ވަނީ އެދިފައެވެ. މީގެތެރެއިން ފަސް މިލިއަން ޑޯޒުގެ ކޮވިޝީލްޑު ވެކްސިން ލިބިފައިވާކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އަދި މި ވެކްސިން ކެމްޕޭނު ފެށުމުގެ ކުރިން އިސްސަފުގައި މަސައްކަތްކުރާ 567 މީހުންނަށް ވެކްސިން ދެވިފައިވާކަމަށް ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މިހާތަނަށް ވެކްސިން ދިން މީހުންގެ ފަރާތުން އެއްވެސް ސައިޑް އެފެކްޓެއް ނުފެންނަ ކަމަށްވުމާއެކު ވެކްސިނާއި ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް އަޑު އެހުން ހުއްޓާލައި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތްވުމަށް ވެކްސިން ޖެހުމަށް ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު