ފުލުހުން މިރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ
ފުލުހުން މިރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ
ގިނަ ޢަދަދެއްގެ ބަނގުރާ އަރުވައިގެން ދިޔަ ވެހިކަލެއް ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ބަނގުރާ ހުރިކަމަށް ތުހުމަތުކުރެވިގެން ހުޅުމާލޭގައި ވެހިކަލެއް ހުއްޓުވައި ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.

މި ރާ ފުޅިތަައް އަތުލައިގެންފައިވަނީ، މިރޭ 8:45 ހާއިރު ހުޅުމާލޭ ސިޓީ ބޭކަރީ ކައިރިންނެވެ. މި މައްސަލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން