ދުނިޔޭގައި ހަލުވިކަމާމެދު ފެތުރެމުންދާ ކޮވިޑުގެ އާވޭވިރަންޓްތަކުން ރައްކާތެރިވާން ސަމާލުކަން ދޭން ދުނިޔޭގެ އެކި ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮރޯނާވައިރަސް މިއުޓޭޓްވެ މިވައިރަހުގެ އެކި ވޭރިއަންޓްތައް ޖެނެރޭޓްވަމުންދާއިރު، މީގެ ތެރެއިން މިފަހަކުން ފާހަގަ ވެފައިވާ ތިންވޭރިއަންޓެއް ސިއްހީ މާހިރުން ވަނީ ދެނެގަނެފައެވެ.

1- ކޮރޯނާވައިރަސް ވޭރިއަންޓް: 1.1.7-B

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑުގެ އާވޭރިއަންޓް 1.1.7-B މިއީ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ވޭރިއަންޓެވެ. މިވޭރިއަންޓް 23 ފަހަރު މިއުޓޭޓްވެފައިވާކަމަށް ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ފާހަގަ ވެފައިފާ މިވޭރިއަންޓް މިހާރުވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިފައެވެ. އަދި މިވޭރިއަންޓްވަނީ އެންޓާޓިކާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ކޮންޓިނެންޓެއްގައި ފެތުރިފަައެވެ.

2- ކޮރޯނާވައިރަސް ވޭރިއަންޓް: 1.1.248-B

މިވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ ބްރެޒިލް އިން ޖަޕާނަށް ދަތުރުކުރި ފަތުރުވެރިންތަކެއްގެ ފަރާތުންނެވެ. އަދި ބްރެޒިލްގައި މިހާރު ފެތުރެމުންދާ ކޮވިޑުގެ ގިނަ ކޭސްތަކަކީ މިވޭރިއަންޓްގެ ސަބަބުން އިތުރުވެފައިވާ ކޭސްތަކެއްކަމަށް ބްރެޒިލްގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. މިވޭރިއަންޓަކީ ކޮރޯނާވައިރަހުގެ އެހެން ވޭރިއަންޓްތަކާއި ހިލާފަށް ވައިރަހުގެ އެންޓިބޮޑީ މެދުވެރިކޮށް ވައިރަސް ނިއުޓްރަލައިޒް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވޭރިއަންޓެއްކަމަށް ސިއްހީމާހިރުން ލަފާކޮށްފައިވެއެެވެ. އަދި މިއީ ކަންބޮޑުވާންޖެހޭނެ ވަރު ކަމެއްކަމަށްވެސް ސިއްހީމާހިރުން ހާމަކޮށްފައިވެއެވެ.

3- ކޮރޯނާވައިރަސް ވޭރިއަންޓް: 1.351-B

މިވޭރިއަންޓަކީ މިހާރު އެފްރިކާގައި ފެތުރެމުންދާ ކޮވިޑުގެ ގިނަ ކޭސްތަކުގެ އަސްލެވެ. އެފްރިކާގެ އިތުރުން 32 ގައުމަކަށް މިވޭރިއަންޓް ވަނީ ފެތުރިފައެވެ. އަދި މިވޭރިއަންޓަކީ އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓެކޭ އެއްފަދައިން ގައިންގަޔަށް އަރައި ފެތުރެމުންދާ ވޭރިއަންޓެއްކަމަށް ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ. މިވޭރިއަންޓްގެ އިތުރުމިއުޓޭޝަންތަކެއް އުފެދިފައިވާއިރު، މިހާރު ތައްޔާރުކުރެވިފައިވާ ވެކްސިންތަކުން މިވޭރިއަންޓްގެ އިތުރުމިއުޓޭޝަންތަކުން ރައްކާތެރިވާން އެހީތެރިނުވާނެކަމަށް ދެކުނު އެފްރިކާގެ ދިރާސާއަކުން ނިންމާފައިވެއެވެ. މިއާއެކު ދެކުނު އެފްރިކާގައި ބޭނުންކުރެވެމުން އައި އެސްޓްރަރޒެނެކާގެ ވެކްސިން ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.

މިކަމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވަނީ ދެކުނު އެފްރިކާއިން ވެކްސިން ބޭނުން ކުރުން ހުއްޓާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ވެކްސިން ބޭނުން ކުރުން ހުއްޓާލުމަށް ދެކުނު އެފްރިކާއިން ކޮށްފައިވާ ދިރާސާއަކީ ވަރަށްވެސް ކުޑަ ދިރާސާއެއްކަމަށް އެޖަމިއްޔާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން