ވ. ފޮއްތެޔޮ ބޮޑުފުށި
ވ. ފޮއްތެޔޮ ބޮޑުފުށި
ޑިންގީއެއްގައި އޮޔާ ދަނިކޮށް އިއްޔެ ވ. އަންބަރާ ކައިރިން ފެނުނު މީހާއާއި ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ލަންކާގެ ދެ މަސްވެރިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ ދެ މީހުންނަކީ ޖެނުއަރީ 30ގައި ލަންކާއިން މަސްވެރިކަމަށް ފުރި ދެ މީހުން ކަމަށާއި، އެ ދެ މީހުން ރާއްޖެއާ ހިސާބަށް އައީ ބެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް އެމީހާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

އަދި މިކަމާގުޅޭގޮތުން މަޢުލޫމާތު ލިބެމުންދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރަމުން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން