އިންޑޮނޭޝިޔާގައި ކޮވިޑް ވެކްސިން ނުޖަހާ މީހުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

އިންޑޮނޭޝިޔާގައި ވެކްސިން ޖަހަން މަޖުބޫރުކޮށްފައިވަނީ އިންޑޮނޭޝިޔާގެ ޖަކާޓާގައި ދިރިއުޅޭފަރާތްތަކަށެވެ. ޖަކާޓާގައި ދިރިއުޅޭފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންނުވާ ފަރާތްތައް ޖޫރިމާނާގެ ގޮތުގައި އިންޑޮނޭޝިޔާގެ ރުޕިއާގެ ފަސް މިލިއަނާ ހަމައަށް ދައްކަން ޖެހުމަކީ އެކަށީގެންވާކަމެކެވެ. އިންޑޮނޭޝިޔާގެ ރުޕިއާގެ ފަސް މިލިއަނަކީ ގާތްގަނޑަކަށް 356 ޑޮލަރެވެ.

މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން ޖަކާޓާގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު ރިޒާ ވިދާޅުވެފައިވަނީ މިފަދައިން ހަރުކަށި ގަވާއިދެއް އެކުލަވާލަން ޖެހުނީ، ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާ ހިލާފުވާމީހުން ގިނަވީމައެވެ. މިހާރު ހެދިފައިވާ އާގަވާއިދުގެ ދަށުން ވެކްސިން ޖެހުމަށް އިންކާރު ކޮށްފިނަމަ އިޖުތިމާޢީ އެހީ ފޯރުކޮށްދިނުން ހުއްޓައިލައި، ޖޫރިމާނާވެސް ކުރެވޭނެކަމަށް އަހުމަދު ރިޒާ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިންޑޮނޭޝިޔާގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަމަހުއެވެ. ވެކްސިން ޖެހުމުގެ ހަރަކާތުގެ ދަށުން 270 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިޔާގެ އާބާދީގެ، 181 މިލިއަނަށްވުރެ ގިނަ މީހުންނަށް ކުރިއަށް އޮތް 15 މަސް ދުވަހުގެ ތެރޭގައި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

އިންޑޮނޭޝިޔާގައި ވެކްސިން ޖެހުން މަޖުބޫރުކުރުމާއި ބެހޭގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނަނީ އިންޑޮނޭޝިޔާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަކީ އިންސާނިއްޔަަތާއި ހިލާފުއަމަލެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން