މާޝާ މިދުހަތު   19 ފެބްރުއަރީ 2021 - 16:11
ނާސާގެ ޕާސިވިއަރެންސް ރޯވާ.
ނާސާގެ ޕާސިވިއަރެންސް ރޯވާ.
ނާސާގެ ޕާސިވިއަރެންސް ރޯވާ ކާމިޔާބު ކަމާއިއެކު މާރސް އަށް ޖައްސައިވިއެވެ.

މިރޯވާ މާރސް އަށް ޖައްސާފައިވަނީ ޖީއެމްޓީ ގަޑިން 2055 ގައެވެ. މިއީ މަރސްއަށް ފޮނުވި މިފަދަ ފަސްވަނަ ރޮބަޓެވެ. ނާސާގެ ޕާސިވިއަރެންސް ރޯވާގައި 19 ކެމެރާގެ އިތުރުން ދެ މައިކްރޮފޯނުވެސް ހިމެނެއެވެ. މީގެމަގްސަދަކަށް ވަނީ މަރސްގައި އެއްވެސް އިރެއްގައި ދިރުމެއްވޭތޯ ބަލާ މައުލޫމާތު ދެނެގަތުމެވެ.

މިކަމާއިބެހޭގޮތުން މައުލޫމާތުދެމުން ނާސާގެ ސައިންސްް ޑިވިޝަންގެ ޑެޕިއުޓީ މެޏޭޖަރ ވިދާޅުވެފައިވަނީ އެހެން ކޮންމެ ޕްލެނެޓެއްގައި ޖެއްސުމަށް ގޮންޖެހުންތައް ކުރިމަތިވާހެން ޕާސިވިއަރެންސް ރޯވާ މާރސްގައި ޖެއްސުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. މިޖެއްސުމާއެކު ނާސާގެ އިންޖިނިއަރިންގް ޓީމުތަކުން މިރޯވާ ކޮންޓްރޯލްކޮށް މާރސްގެ އެކި ސަަރަހައްދުތައް ބަލައި މައުލޫމާތު ހޯދަމުންދާނެކަމަށްވެއެވެ.

މާރސްގެ އެކި ކަންކަން ދެނެގަތުމަށް އަހަރުތަކެއް ނަގާނެކަމަށް ލަފާކުރެވޭއިރު، މާރސްއަށް އެސްޓްރޮނައުޓުންނަށް ދެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2030 ވަނައަހަރުގެ ތެރޭގައެވެ.

މާރސްއަށް ނާސާގެ ޕާސިވިއަރެންސް ރޯވާ ޖައްސަމުންދިޔަ މަންޒަރު ލައިވްކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޖޯބައިޑެންވެސް ވަނީ މިމަންޒަރުތައް ވައިޓްހައުސްގައި ހުންނަވައިގެން ބައްލަވާލައްވާފައެވެ. އަދި ކާމިޔާބުކަމާއެކު މާރސް އަށް ޖެއްސުމާއެކު ޖޯ ބައިޑެން ވަނީ ޓްވިޓަރ މެދުވެރިކޮށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން