ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ރައީސް ޔާމީން ޖަލުން ނެރުމަކީ އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ބޭނުންވާކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ސުބްރަމާނިއަމް ޖަޔާޝަންކަރްގެ އަރިހަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން އިއްޔެ ޒިޔާރަތްކޮށް ސަރުކާރުން ރައީސް ޔާމީނާމެދު ޢަމަލުކުރާގޮތުގެ ޝަކުވާ ކުރުމާ ގުޅިގެންނެވެ.

ނިހާދު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިއިރު، އިދިކޮޅު ލީޑަރޝިޕުން ސަރުކާރުގެ ޝަކުވާއެއް ހިފައިގެން ދާންޖެހޭ އެއްވެސް ތަނަކަށް ގޮސްފައި ނުވާކަމަށެވެ. އެގޮތުން ޔޫއެން، އީޔޫ އަދި ކޮމަންވެލްތަށްވެސް ގޮސްފައި ނުވާކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމް ފަދަ ތަނަކަށް މައްސަލައެއް ވެސް ލާފައި ނުވާކަމަށް ނިހާދު ވިދާޅުވިއެވެ.

"މީގެން ވެސް ޔަގީންވާ ކަމަކީ މިވެރިން ބޭނުމެެއް ނުވާކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން ނެރެން!" ނިހާދު ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީން މިނިވަން ކުރުމަށް އެހީތެރިކަން ދިނުމަށްއެދި އިދިކޮޅު ކޯލިޝަނުން އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރުމުން އިދިކޮޅު ކޯލިޝަންގެ ނިޔަތާމެދު ގިނަ ރައްޔިތުންވެސް ވަނީ ސުވާލު އުފައްދާފައެވެ. ޚާއްސަކޮށް އިންޑިއާ އިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބާރުފޯރުވުމަށް މަސައްކަތް ކުރާކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަނީ އިދިކޮޅު ޕީޕީއެމް އިން ކަމަށް ވުމާއެކު މިއީ ސީދާ ރައީސް ޔާމީނަށް ކުރެއްވި މަލާމާތެއްކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން